ads
ދެ ޓީމުގެ ކެޕްޓަނުންނާ މެޗު އޮފިޝަލުން
ދެވަނަ ޑިވިޝަން ފައިނަލްގެ ފުރަތަމަ ޖާގަ ސުޕަރ ޔުނައިޓެޑަށް

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗު ކާމިޔާބުކޮށް، ފައިނަލްގެ ފުރަތަމަ ޖާގަ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބުން ކަށަވަރުކޮށްފިއެވެ. މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، ސުޕަރ ޔުނައިޓެޑް ފައިނަލް ދިޔައީ މިއަދު ހަވީރު ދެ ލަނޑު އެއް ލަނޑުން ޕީކޭ ބަލިކޮށްގެނެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ހުރިހާ ގޯލެއްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ސުޕަރ ޔުނައިޓޭޑުން މެޗުގެ ކުރީ ކޮޅު ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ޕީކޭއިންވަނީ ލިބުނު ޕެނަލްޓީއެއްގައި ސުން ކަނޑުވާލާފައެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލްގެ ފަހު ޖާގަ ހޯދުމަށް، މިރޭ ވެލެންސިޔާ ނުކުންނާނީ ޖޭޖޭ ސްޕޯޓްސްއާ ދެކޮޅަށެވެ. ފައިނަލުން އެއްކޮޅުން ޖާގަ ހޯދާފައިވާ ސުޕަރ ޔުނައިޓެޑަކީ ގްރޫޕް ސްޓޭޖުގައި ފަސް ޓީމު ހިމެނުނު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދި ޓީމެވެ. މި ގްރޫޕުން ދެވަނަ ހޯދި ޖޭޖޭއާ ދެކޮޅަށް ސުޕަރ ޔުނައިޓެޑުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްފައިވަނީ ސުޕަރ ޔުނައިޓެޑެވެ.

ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލް ކުޅޭ މި މުބާރާތުގެ ފައިނަލުން މޮޅުވާ ޓީމަކަށް އަންނަ ސީޒަންގައި އެއްވަނަ ޑިވިޝަނުން ފުރުސަތު ލިބޭނެއެވެ. ފައިނަލުން ބަލިވާ ޓީމެއް ޖެހޭނީ ދިވެހި ލީގުން ފުލަށްދާ ޓީމަކާއި އެކު ޕްލޭ އޮފް ދެ މެޗު ކުޅޭށެވެ. މި ދެ ލެގުގެ އެގްރިގޭޓުން މޮޅުވާ ޓީމުވެސް އަންނަ ސީޒަންގައި ކުޅޭނީ އެއްވަނަ ޑިވިޝަންގައެވެ.

ދިވެހި ލީގުގެ ފަހު ބުރު، މުބާރާތުގެ ގަވާއިދުގައި އޮތް ގޮތާއި ޚިލާފަށް އެފްއޭއެމުން ބަދަލުކޮށްފައިވާތީ ދިވެހި ލީގުގެ ފުލަށް ދިޔަ ޓީމުގެ ގޮތުގައި ޕްލޭ އޮފް ކުޅޭނީ ކޮން ބައެއްކަމެއް ސާފެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް