ads
ގުޖްރާތް ހައި ކޯޓު
އެއްފަހަރާ ދެ ފިރިން ގެންގުޅުނު އަންހެނަކަށް ބޮޑު އަދަބެއް
އެއް ފަހަރާ ދެ ފިރިހެނުންނާއި ކައިވެނި ކޮށްގެން އުޅުނު އަންހެނަކަށް ހިތުން ނުފިލާ ވަރުގެ ބޮޑު އަދަބެއް ދިނުމަށް ކޯޓުން ހުކުމް ކޮށްފި އެވެ.

އިންޑިއާގެ ގުޖްރާތުގައި ދިރިއުޅެމުން ދިޔަ އުމުރުން 38 އަހަރުގެ އަންހެނެއް އެއް ފަހަރާ ދެ މީހުންނާއި ކައިވެނި ކޮށްގެން އުޅޭކަން ފަޅާ އެރީ، އޭނާ ގެއްލިގެން އޭނާގެ ފުރަތަމަ ފިރިމީހާ ފުލުހަށް މައްސަލަ ހުށަހެޅުމުންނެވެ. އެ ފިރިހެން މީހާ ފުލުހަށް އަންހެނުން ގެއްލިގެން ހުށަހެޅީ ފަސް ދުވަސް ވަންދެން އަންހެން މީހާގެ ހަބަރެއް ނުވުމުންނެވެ. 

އެކަމާއި ގުޅިގެން އެ އަވަށުގެ ފުލުހުން ހިންގި ތަހުގީގުގައި އަންހެން މީހާ ހޯދާފައި ވަނީ، އޭނާ އެހެން ފިރިހެނަކާއި އެއްކޮށް އުޅެނިކޮށެވެ. އަދި އެކަމާއި ގުޅިގެން ސުވާލު ކުރުމުން އެއީ، އޭނާގެ ފިރިމީހާ ކަމަށް ފުލުހުންނަށް އަންހެން މީހާ މައުލޫމާތު ދިން ކަމަށް ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

"ފުލުހުންނަށް އެ އަންހެން މީހާ ފެނުނީ އެހެން ފިރިހެނަކާއި އެއްކޮށް އުޅެނިކޮށް. އެކަމާއި ގުޅިގެން ސުވާލު ކުރުމުން އަންހެން މީހާ ވަނީ އެއީ، އޭނާގެ ފިރިމީހާ ކަމަށް ބުނެފަ. އަދި އެ ފިރިހެން މީހާވެސް ވަނީ އެއީ އޭނާގެ އަންހެނުން ކަމަށް ބުނެފަ. އެކަމާއި ގުޅިގެން ފުލުހުން އިތުރަށް އަންހެން މީހާ އާއި ސުވާލު ކުރުމުން އަންހެން މީހާ ވަނީ އޭނާ އެއް ފަހަރާ ދެ މީހުންނާއި ކައިވެނި ކޮށްގެން އުޅޭ ކަމަށް ބުނެފަ." ފުލުހުން ބުންޏެވެ. 

އެކަމާއި ގުޅިގެން އޭނާ ދެވަނައަށް ކައިވެނި ކުރި، ފިރިހެން މީހާ ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެ ފިރިހެން މީހާ ވަނީ އޮޅުވައިލައިގެން ކައިވެނި ކުރި ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލަ ބެލުމަށްފަހު ކޯޓުން ވަނީ އަންހެން މީހާ 450،000 ރުޕީސް އިން ޖޫރިމަނާކޮށް ދެ އަހަރު ދުވަސް ވަންދެން ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. 

އެ އަންހެން މީހާ އަށް މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފައި ވާއިރު، އޭނާ އާއި ކައިވެނި ކޮށްގެން އުޅުނު ދެ ފިރިހެނުން ވެސް ވަނީ އަންހެން މީހާ ކައިރިން ވަރިވާން ނިންމާ އެކަން ކޯޓަށް ހުށަހަޅާފައި ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

64%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް