ads
އައިޖީއެމްއެޗް--
ވިލިމާލޭގައި ރުކަކުން ވެއްޓި އަނިޔާވި މީހަކު ފަރުވާއަށް މާލެ ގެނެސްފި
ވިލިމާލޭގައި ރުކަކަށް އަރާއުޅެނިކޮށް ވެއްޓި އަނިޔާވި، މީހަކަށް ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

ފުލުހުން ބުނީ، ރުކަކަށް އަރާ އުޅެނިކޮށް މީހަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 17:50 ހާއިރު ކަމަށެވެ. 

އެގޮތުން އަނިޔާވެފައި ވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން އިތުރަށް ބުނެފައި ވަނީ އެ މީހާއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު އޭނާއަށް ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން މީހާގެ ހާލު ދެރަކަށް ވެސް ފުލުހުން ބުނެ އެވެ. 

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް