ads
މާސެލޯ
މާސެލޯއަށް އެތައް ކްލަބަކުން ޝައުގުވެރިކަން
ފަނަރަ އަހަރަށް ފަހު ރިއާލް މެޑްރިޑް ދޫކޮށްލި، ބްރެޒިލްގެ މާސެލޯއަށް އެތައް ކްލަބަކުން ޝައުގުވެރިވެ ހުށަހެޅުންތައް ހުށަހަޅައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ފަހު ރިއާލް މެޑްރިޑް ދޫކޮށްލި މާސެލޯއަށް އެތައް ގައުމަކުން ހުށަހެޅުންތައް ލިބިފައިވާއިރު އޭނާ އަދި ކުޅޭނެ ވަކި ކްލަބެއްވެސް އަދި ދެން އޭނާ ދާނެ ގައުމެއް ނުވަތަ ލީގެއްވެސް ނުނިންމައެވެ. މާސެލޯއަށް ޝައުގުވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި އުފަން ގައުމު ބްރެޒިލްގެ އިތުރުން ސްޕެއިން، ފްރާންސް، އިޓަލީ އަދި ގަތަރާއި ސައުދީ އަރަބިއްޔާވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާރުވެސް ހަތް ކްލަބެއްގެ ހުށަހެޅުންތައް ރަސްމީކޮށް އޭނާއަށް ލިބިފައިވެއެވެ. އޭގެތެރޭގައި މާލީ ގޮތުން ބޮޑެތި ހުށަހެޅުންތަކާއި އެކު އައިސްފައިވާ ސައުދީ އަރަބިއްޔާ އަދި ގަތަރުގެ ކްލަބުތައް ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މާސެލޯ ދެން ކުޅޭނެ ކްލަބެއް ނިންމާއިރު، ކުރިއަށް އޮތް ވޯލްޑް ކަޕުގައި ވާދަކުރާ ބްރެޒިލްގެ ޓީމުގައި ހިމެނުމަށް އޭނާ ބޭނުންވާތީ، އެކަމާމެދު އޭނާ ވިސްނާނެއެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގައިވެސް އޭނާ ކުޅެން ބޭނުންވާތީ ބެލެވޭ ގޮތުގައި އޭނާ އިސްކަން ދޭނީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމަކަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް