ads
އިންސާފުގެ ދަތުރު ހަރަކާތުގައި ރައީސް ނަޝީދު
ރާއްޖެއަށް ބަދަލެއް ގެނައި ޕާޓީ އަކީ އެމްޑީޕީ: ރައީސް ނަޝީދު
ދިވެހި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނެސްދިން ޕާޓީއަކީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ރާއްޖޭގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ޕާޓީގެ މެމްބަރުންނަށް ފޮނުވި ތަހުނިޔާ މެސެޖުގަ އެވެ. އެމްޑީޕީ ރަޖިސްޓަރީ ކުރެވުނީ، 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. 

ރައީސް ނަޝީދުގެ ތަހުނިޔާ މެސެޖުގައި ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނާއި އެމްޑީޕީއަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. ދިވެހި ރާއްޖެ ބަދަލުކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި، ހާއްސަކޮށް ޓެކްސްގެ ނިޒާމް އެއް ތައާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރު ކޮށްދިނީ އެމްޑީޕީއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާއީ، ރައްކާތެރިކަން ފޯރުކޮށްދިނީވެސް އެމްޑީޕީއިން ކަމަށެވެ. 

ޕާޓީގެ މެމްބަރުންނަށް ރައީސް ނަޝީދު ތަހުނިޔާ ފޮނުއްވާފައި ވާއިރު، ފަހަކަށް އައިސް ރައީސް ނަޝީދަށް އެމްޑީޕީ ތެރެއިން ގިނަ ހުރަސްތަކެއް ކުރުވަމުން އަންނަ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ރައީސް ނަޝީދުވެސް ވަނީ، ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ކުރުމަށް މަޖިލީހުން ވޯޓު ނުދެއްވާ އެމަނިކުފާނާއި އެއްކޮށް ހުންނެވި 20 މެމްބަރެއްގެ ނަންވެސް ދާދި ފަހުން އާއްމު ކުރައްވާފަ އެވެ. 

އެމްޑީޕީއަށް 17 އަހަރު މިއަދު ފުރިފައި ވާއިރު، އެކަމާއި ގުޅިގެން އެޕާޓީއިން ބާއްވާ ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހަވީރު 16:00 ގައި އެ ޕާޓީގެ ހަރުގޭގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް