2517
CONFIRMED
13
DEATHS
2180
RECOVERED
🌏12,066,045
INFECTED
🌏6,609,462
RECOVERED
🌏550,135
DEATH
🌏55%
RECOVERY RATE
ފިނޭންސް މިނިސްޓަރު އަމީރު--
ދައުލަތުގެ އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމް ކުރަނީ
Share
ދައުލަތުގެ މާލީ ހިސާބުތަކަށް ހާއްސަކޮށްގެން ދައުލަތުގެ އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ދައުލަތުގެ ނަމުގައި ހިންގާ އެކައުންޓްތަކާއި ޕަބްލިކް ފަންޑާއި ދައުލަތުގެ އޮފީސްތަކުގައި ހުންނަ ހިރާސްތައް ދެނެގަނެ އޮފީސްތަކުގެ މުދަލާއި ފައިސާގެ ހިސާބާއި ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކޮށް ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އިންޓާނަލް އޮޑިޓް ނިޒާމެއް ގާއިމުކުރަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެގޮތުން މި އުފައްދާ، އޮޑިޓް ކޮމިޓީގައި ތިއްބަވާނީ ފިނޭންސް މިނިސްޓަރު އައްޔަން ކުރައްވާ ހަތް މެމްބަރުންނެވެ. އެއީ ފިނޭންސް މިނިސްޓްރީގެ ތިން މެމްބަރެއްގެ އިތުރުން އޮޑިޓާ ޖެނަރަލް އޮފީސް، ތަމްސީލުކުރާ މެމްބަރެއްގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން ތަމްސީލުކުރާ މެމްބަރެއް އަދި ޕްރައިވެޓް ސެކްޓާގެ ފަރާތުން ދެ މެމްބަރުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ކޮމިޓީން އިންޓާނަލް އޮޑިޓް ގާއިމުކުރުމަށް ބޭނުންވާ ހުރިހާ އުސޫލުތަކާއި ގައިޑްލައިންތައް ހަދައި އެ އުސޫލު ތަންފީޒުކުރާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް