ads
މުހައްމަދު ރިޔާޒް
އެއް ޖިންސުން ގުޅުންހިންގި މައްސަލަތައް ބަލަން ފެށީ މާޗު މަހު
ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކުގެ މައްސަލަ މިދިޔަ މާޗް މަހުން ފެށިގެން ފުލުހުން ތަހުގީގު ކުރަން ފަށާފައި ވާކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، މި މައްސަލަ އަކީ މިދިޔަ މާޗް މަހު ފުލުހުންގެ ސަމާލުކަމަށް އައުމުން ފުލުހުން ބަލަމުން ގެންދިޔަ މައްސަލަ ތަކެއް ކަމަށާއި، އެކަމުގެ ތަހުގީގު މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. 

އަދި އެއްޖިންސުން ގުޅުން ހިންގުމަކީ، ރާއްޖޭގެ ގާނޫނުގެ ތެރެއިން ބޮޑު އަދަބު ކަނޑައެޅިފައި އޮތް ކުށެއް ކަމަށާއި، ފުލުހުންގެ އިދާރާއަށް ހުށަހެޅޭ މިފަދަ މައްސަލަތަކަކީ އަބަދުވެސް ފުލުހުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކެއް ކަމަށެވެ. 

މީގެ އިތުރުން ރިޔާޒް ވިދާޅުވީ، މި ހުށަހެޅިފައި ހުރި މައްސަލަތައްވެސް ތަހުގީގުގެ އިޖުރާތުތަކާއި އެއްގޮތަށް ކުރިއަށްގެންދާނެ ކަމަށެވެ. 

ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތައް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ތަކެއް ވަނީ ލީކުކޮށްލާފަ އެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު ވީޑިއޯ ތަކުގައި ތިބި ފަރާއްތައް ހައްޔަރު ކުރަން ގޯވަލަމުން އަންނަ އިރު، މިހާތަނަށް މި މައްސަލަތަކާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް