ފޮޓޯ: ޖުމްހޫރީ ޕާޓީ
ލޯކަލް ކައުންސިލް އިންތިހާބަށް ޖޭޕީގެ ޕްރައިމަރީ ބާއްވައިފި
Share
ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް އިންތިހާބު ކުރުމަށް އެ ޕާޓީގެ ޕްރައިމަރީ ބާއްވައިފި އެވެ.
Advertisement

ޖޭޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 02:30 ހުން 09:00 އަށެވެ. 

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ، އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުމުގެ ވަގުތު އިތުރުކުރަންޖެހުނު ކަމަށާއި، އަދި އިތުރުކުރީ ވޯޓު ލުމަށް ގިނަ ބަޔަކު އައުމުން ކަމަށެވެ. 

ޖޭޕީން ބުނެފައިވަނީ އެ ޕާޓީގެ ޕްރަމަރީ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އދ. މާމިގިއްޔާއި ފެންފުއްޓާއި މާލެއިން މާފަންނު ހުޅަނގު އުތުރު ދާއިރާ ގައިކަމަށެވެ. ޕްރައިމަރީއަށް މާލޭގައި ތިން ވޯޓް ފޮށި ބަހައްޓާފައިވާއިރު، މާމިގިލީގައި ދެ ފޮށި އަދި ފެންފުށީގައި ވޯޓް ފޮއްޓެއް ބަހައްޓައިފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ ބާއްވާފައިވާއިރު، އެމްޑީޕީ އާއި ޕީޕީއެމުންވެސް ވަނީ އެ ޕާޓީތަކުގެ ޕްރައިމަރީ ބާއްވާފައެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކެންޑިޑޭޓުން އިންތިހާބު ކުރަންޖެހެ އެވެ. މިއިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް