ads
ފޮޓޯ: ޖޭއެސްސީ
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޒައިފާ މުހައްމަދު އައްޔަންކުރައްވައިފި
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފެމެލީ ހުޒައިފާ މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

ޖޭއެސްސީން ބުނީ، ހުޒައިފާ މުހައްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް 2022 ޖޫން 22 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށެވެ. 

މީގެ އިތުރުން ޖޭއެސްސީން ބުނީ، ހުޒައިފާ އެ މަގާމަށް އައްޔަނުކުރަން ނިންމީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަނޑިޔާރުން އައްޔަނު ކުރާ ކޮމިޓީން ”ހައިލީ ރިކޮމެންޑެޑް“ ބޭފުޅާ ކަމަށް އެ ކޮމިޝަނަށް ލަފާދީފައިވާތީ ކަމަށެވެ. އަދި އެ ނިންމުމާއި އެއްގޮތަށް ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހުޒައިފާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ހުޒައިފާ އަކީ ފަނޑިޔާރު ކަމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

މީގެ ކުރިން ހުޒައިފާ ހުންނަވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ. ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ހުޒައިފާ އައްޔަނުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް