ads
ނިއުރޭޑިއަންޓް
ނިއުގެ ސަސްޕެންޝަނާމެދު މިއަދު ގޮތެއް ނިންމަނީ
އެފްއޭއެމުން ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައިވާ މައްސަލައާ ގުޅޭ ގޮތުން އެ އިދާރާއިން މިއަދު ގޮތެއް ނިންމާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން އޮތް އެފްއޭއެމްގެ ކޮންގްރެސްގައި، ނިއުއިން ދައްކަން ޖެހޭ ދަރަނިތައް ދައްކާ ނިމުމުން، އެފްއޭއެމްގެ އެކްސްކޯއިން ސަސްޕެންޝަނާ މެދު ގޮތެއް ނިންމުމުގެ ބާރުވަނީ އެކްސްކޯއަށް ދީފައެވެ. ނިއުއިން މިހާރުވަނީ ބިދޭސީ ކުޅުންތެރިންނާއި ބިދޭސީ ކޯޗަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްކޮށްފައެވެ. އަދި ދިވެހި ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާ ގުޅޭ ގޮތުން ކުޅުންތެރިންނާއެކު ސެޓްލްމެންޓް އެގްރީމެންޓްތަކެއް ހަދާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސްކޯއިން މިއަދު، ނިއުގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމާނެއެވެ. އަދި ނިއުގެ ސަސްޕެންޝަން އެފްއޭއެމުން އުވާލައިފިނަމަ ކުރިއަށް އޮތް ދެވަނަ ޑިވިޝަން މުބާރާތުގައި ނިއުއިން ވާދަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް