ads
ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަަދަދެއްގެ ފައިސާ އަތުލައިގެންފި
ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަަދަދެއްގެ ފައިސާ ކަސްޓަމްސުން އަތުލައިގެންފި އެވެ.

ކަސްޓަމްސުން ބުނެފައިވަނީ، ކަސްޓަމްސްއަށް ޑިކްލަޔާ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުމުން ހިފަހައްޓާފައިވަނީ ބޭރުފައިސާ ތަކެއްކަމަށެވެ. 

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ދެ މިލިއަން އެއްލައްކަ ފަންސާސް ހަތަރު ހާހަށްވުރެއް ގިނަ ދިވެހި ރުފިޔާ ޖެހޭ އަދަދަށް ވާ ފައިސާ އަތުލައި ގެންފައިވާކަމަށެވެ. މި ފައިސާ އަތުލައިގެންފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަމަށް ކަސްޓަމްސުން މައުލޫމާތު ދީފައިވެއެވެ. އަދި ހަމަ އެދުވަހު ހަ ލައްކަ ސަތާރަ ހާހަށްވުރެއް ގިނަ ދިވެހި ރުފިޔާ ޖެހޭ އަދަދަށް ވާފައިސާ އަތުލައިގެންފައިވާ ކަމަށެވެ. އަދި މިފައިސާ އަތުލައިގެންފައިވަނީ 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުންކަމަށް ވެސް ކަސްޓަންސުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ޖެނުއަރީ 22 ވަނަ ދުވަހު އެއް މިލިއަން ތިންލައްކަ އަށްވުރެއް ގިނަ ދިވެހި ރުފިޔާ ޖެހޭ އަދަދަށް ވާ ފައިސާ އަތުލައިގެންފައިވާ ކަމަށެވެ. އަދި މިފައިސާ އަތުލައިގެންފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. 

ކަސްޓަމްސުން ބުނެފައިވަނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް