ads
ބޭލް އެލްއޭ އެފްސީގެ ޖަރޒީގައި
ބޭލް އެމެރިކާ ލީގަށް
ވޭލްސްގެ ގައުމީ ޓީމުގެ ކެޕްޓަން ގަރެތު ބޭލް، އެމެރިކާ ލީގުގައި ކުޅެން، ލޮސް އެންޖެލަސް އެފްސީއަށް ބަދަލު ވެއްޖެއެވެ.

ލޮސް އެންޖެލަސް އެފްސީ ނުވަތަ އެލްއޭ އެފްސީއަށް ބޭލް ބަދަލުވެފައިވާކަން އެ ކްލަބުންވަނީ ހާމަކޮށްފައެވެ. ބޭލް އެ ކްލަބަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުން، އެމެރިކާއަށް ބޭލް މި ބަދަލުވީ، ރެއާލްގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަކޮށް، ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.

ބޭލް އެމެރިކާ ލީގަށް ބަދަލުވިއިރު، އޭނާގެ ކެޕްޓަންކަމުގެ ދަށުގައި މި އަހަރު އޮންނަ ވޯލްޑްކަޕުން ވޭލްސްވަނީ ފުރުސަތު ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް