ads
ކުރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ނަޒީރު
ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މައްސަލައިގެ ހުކުމް މިއަދު
ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު މަގާމުން ވަކިކުރި ކޯޓު އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާދޭން އެންގެމުން ޖޭއެސްސީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ ހުކުމާ ހިސާބަށް ހިނގައެއްޖެއެވެ.

ކުރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރުގެ ދައުރުގައި މަގާމުން ވަކިކުރި ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިންގެ މައްސަލައިގެ ހުކުމް މިއަދު މެންދުރު ކުރުމަށް ހައިކޯޓުގައިވަނީ ތާވަލުކޮށްފައެވެ. މި މައްސަލައިގެ އަޑު އެހުންތައް މީގެ ދުވަސްކޮޅެއް ކުރިން ހައިކޯޓުގައިވަނީ ނިންމާލާފައެވެ.

ކޯޓު އެޑްމިނިސްޓްރޭޓަރުން ގާނޫނާ ހިލާފަށް މަގާމުން ވަކިކުރި މައްސަލައި ހައިކޯޓުގައި އިސްތިއުނާފު ކުރީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ މަގާމުން ވަކިކުރި އެޑްމިނިސްޓްރޭޓަރުން މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް އެމްޑީޕީން ދެހާސް ނަވާރަވަނަ އަހަރު ގެނައި އިސްލާހުތަކާއެކު ދިހަ ކޯޓެއްގެ އިދާރީ އެންމެ އިސްވެރިން މަގާމުން ވަކިކުރިއެވެ. އޭގެ ތެރޭގައި މާލޭގައި ގާއިމް ކުރެވިފައިވާ ސުޕީރިއާ ކޯޓުތަކުގެ އިތުރުން ހައިކޯޓާ އަދި އެހެން ބައެއް ކޯޓުތައް ހިމެނެއެވެ. އެޑްމިނިސްޓްރޭޓަރުން ވަކިކުރުމުން އެ އެންމެން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ޖޭއެސްސީއާ ދެކޮޅަށް ދައުވާ ކުރިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަތައް ބެލުމަށް ފަހު އެ އެންމެންނަށް އަލުން ވަޒީފާ ދިނުމަށް ޖޭއެސްސީގެ މައްޗަށް އަމުރު ކުރުމުން ޖޭއެސްސީން އެ މައްސަލަތައްވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ޖޭއެސްސީ ގާނޫނަށް ގެނެވުނު އިސްލާހަށް ފަހު ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލު ބަދަލުކޮށް، ކުރިން ތިބި އެޑްމިނިސްޓްރޭޓަރުންގެ ތެރެއިން ވަކި މިންވަރަކަށް މާކްސް ނުލިބޭ މީހުން މަގާމުން ވަކިކުރުމުން އެ މަގާމުތަކަށް މީހުން ނުނެގުމަށް ޓްރައިބިއުނަލުން ޖޭއެސްސީގެ މައްޗަށް ކުރި އަމުރުވެސް ޖޭއެސްސީން ހައިކޯޓުގައި ކުރިން އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުގައި މި މައްސަލަތައް ބަލާ ފަނޑިޔާރުންގެ ބެންޗުވަނީ ބަދަލުވެފައެވެ. ހައިކޯޓުގައި މިހާރު މި މައްސަލަތައް ބަލާ ފަނޑިޔާރުންނަކީ ހުސައިން މަޒީދުއާ، ހުސައިން ޝަހީދު އަދި ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް