ads
ްއާރްޓީއެލް ހިދުމަތް ހއ. އަށް ފަށައިފި، ދަތުރުކުރުން ޖުލައި އާއި ހަމަަޔަށް ހިލޭ
ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓު ލިންކު(އާރްޓީއެލް)” ހިދުމަތް ހއ. އަށް ފަށައިފި އެވެ.

ހއ. އަތޮޅުގެ ރަށްތަކަށް އެ ހިދުމަތް އަގު ނަގައިގެން ރަސްމީކޮށް ފެށިގެންދާނީ އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އެމުއްދަތުގެ ނިޔަލަށް މިހާރު ފަށާފައިވާ އެ ހިދުމަތުގެ ދަތުރުތައް ކުރަމުންދާނީ މުޅިން ހިލެއެވެ. އެއީ ހިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ހިދުމަތަައް ރައްޔިތުން އަހުލުވެރިކުރުވުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

އަންނަ މަހުގެ ތިނަކުން ފެށިގެން އެ ހިދުމަތް ހއ. އަށް ދެމުންދާނީ ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެން ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، އެންސްޕާގައި ރެޖިސްޓަރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ އެވެ. 

ހއ. އަތޮޅުގެ ރަށްތަކަށް ހިދުމަތް ފެށިގެންދިޔައިރު، ޒޯން އެކެއްގައި ހިމެނޭ، ހދ. އަށް ވަނީ މިމަހުގެ 12ވަނަ ދުވަހު އެ ހިދުމަތް އަގުތަކުގައި ރަސްމީކޮށް ފަަށާފަ އެވެ. ރަސްމީކޮށް ހިދުމަތްފެށި އަތޮޅުތަކަށް ދަތުރުކުރާ ފެރީތަކުގެ އެއްކޮޅު ޓިކެޓްގެ އަގު އުޅޭނީ 35 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގަ އެވެ. އަދި ރިޓާން ޓިކެޓެއްގެ އަގު އުޅެނީ 65 ރުފިޔާއިން ފެށިގެން 200 ރުފިޔާ އާ ދެމެދުގަ އެވެ. 

ޒޯން އެކެއްގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން މިވަގުތު ހިދުމަތް ނުފާށާވަނީ، ހަމައެކަނި ށ. އަތޮޅަށެެވެ. 

އާރްޓީއެލްގެ ހިދުމަތް މިހާރު ފަށާފައިވާ އަތޮޅުތަކަށް ހަފްތާއަކު ހަތް ދުވަހު، ފަސް ސްޕީޑް ފެެރީ 8 ރޫޓަކުން ދަތުރުކުރެ އެވެ. މި ހައިސްޕީޑު ފެރީތަކުން ޓިކެޓް ނެގޭނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕުންނެވެ. އާރްޓީއެލް ޓްރެވަލް އެޕް ގޫގަލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބެއް ގެނުވާނެ މި ފެރީ ނިޒާމުގެ އެންމެ މުހިއްމު އެއް ސިފައަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުންނަށް އަރާފޭބުމަށާއި ދަތުރުކުރުމަ ފަސޭހަ އިންތިޒާމްތަކެއް މިފެރީތަކުގައި ހަމަޖެހިފައިވުމެވެ. 

އެގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކިތަނެެެއް ހާއްސަކުރެވިފަ ހުރެއެވެ.

އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަކޯން ވެސް ހަރު ކުރެވިފަ އެވެ. 

މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާ ކުރެވިފައި ވަނީ މިފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށެވެ. ފެރީގައި ފާހާނަކުރެވެން ހުންނައިރު، ލަގެޖް ބެހެއްޓުމަށްވެސް ޖާގަ ހާއްސަ ކުރެވިފައި ހުރެއެވެ. އަދި ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް