ads
ނަޒުމުލް ހަސަން
ބަންގްލަދޭޝް އިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި
ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ ބަޔާނަކާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ އެގައުމުގެ ނޭވީ ފްލީޓުގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ރިއާ އެޑްމިރަލް ނަޒްމުލް ހަސަން ކަމަށެވެ. 

ނަޒުމުލް ހަސަން ބަންގްލަދޭޝްގެ ނޭވީގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1 ޖުލައި 1986 ވަނަ އަހަރު އެވެ. އޭގެފަހުން އޭނާ ވަނީ ނޭވީގެ އެތައް މަގާމެއް އަދާކުރައްވާފަ އެވެ. މީގެ ތެރޭގައި ނޭވީގެ އެންމެ އިސް މަގާމުތައް ކަމަށްވާ ޑިރެކްޓާ ނޭވަލް އޮޕަރޭޝަން އަދި ޑިރެކްޓާ ނޭޝަލް އިންޓެލިޖެންސްގެ މަގާމު ހިމެނެ އެވެ.

ބަންގްލަދޭޝްގެ ޗިޓަގޮންގް ޔުނިވާސިޓީން ބެޗްލާސް އޮފް ސައިންސް ޑިގްރީ އަދި އެ ގައުމުގެ ނެޝަނަލް ޔުނިވާސިޓީން މަސްޓާސް އިން ޑިފެންސް ސްޓަޑީސް ހާސިލް ކުރައްވާފައިވާ ނަޒުމުލް ހަސަން އެންމެ ފަހުން ހުންނެވީ ނޭވީ ފްލީޓުގެ ކޮމާންޑަރެއްގެ މަގާމުގަ އެވެ.  

ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ރިއަރ އެޑްމިރަލް އަޚްތަރު ހަބީބުގެ މަގާމުގެ ދައުރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހަމަވުމާ ގުޅިގެންނެވެ. ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އަޚްތަރު ހަބީބް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވާފަ އެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް