ads
އައިޖީއެމްއެޗުގައި ހުޅުވާފައިވާ ވޯޑު---
ރައީސް ވައުދުވެވަޑައިގެން، ނަފްސާނީ ބަލިމީހުނަށް ފަރުވާދޭ ވޯޑު ހުޅުވައިފި
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވައުދުވެވަޑައިގެން، ނަފްސާނީ ބަލިމީހުންނަށް ފަރުވާދިނުމަށް ހާއްސަކޮށް ތަރައްގީކުރި ވޯޑު އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަކޮށް މަރުކަޒެއް ހުޅުވުމަކީ ރައީސް ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން 2019ވަނަ އަހަރު އައިޖީއެމްޗުގައި ވަނީ މެންޓަލް ހެލްތު ކްލިނިކެއްވެސް ހުޅުވާފަ އެވެ. 

އޭގެފަހުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ނަފްސާނީ ބަލިތަކަށް ހާއްސަ ވޯޑެއްވެސް އައިޖީއެމްޗުގައި ހުޅުވިގެންދާނެކަން އިއުލާންކުރައްވާފަ އެވެ. 

އެވޯޑު ހުޅުވާފަވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ދަށުން، އެދުމަތިކޮށްގެން ފަރުވާދިނުމަށް ހާއްސަކޮށްފައިވާ ނުވަ އެދުގެ އެ ވޯޑުގައި ޑީއެސްކެލޭޝަން ކޮޓަރިއަކާއި، ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރަސް އެއްގެ ވެސް ހުންނާނެ ކަމަށެވެ.

your imageކަސްރަތު ކުރުމަށް ހާއްސަކޮށްފައިވާ ބައި--

މީގެ އިތުރުން ބަލިމީހުން ދުޅަސިއްހަތެއްގައި ދެމިތިބުމަށް ކަސްރަތުކުރާ މެޝިންތަކެއްވެސް އެ ވޯޑުގައި ވަނީ ބަހައްޓާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް