ads
ފަރުކޮޅުފުށީގައި ބަހައްޓާފައިވާ އެނދެއް -- ފޮޓޯ: ހެލްތު މިނިސްޓްރީ
ކަރަންޓީން ކުރި ދެ މީހަކު ދޫކޮށްލައިފި
ދުނިޔޭގެ އެތައް ގައުމަކަށް ފެތުރިފައިވާ ކޮރޯނާވައިރަސް، ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އެންމެ ފަހުން ކަރަންޓީނު ކުރި ތިން ދިވެހިންގެ ތެރެއިން ދެ މީހުން ދޫކޮށްލައިފި އެވެ.

ފަރުކޮޅުފުށީގައި ސަރުކާރުން ހަދާފައިވާ ކަރަންޓީނު މަރުކަޒުގައި މި ތިން މީހުން ކަރަންޓީނު ކުރީ ޗައިނާއިން ވައިރަސް ފެނިފައިވާ ސިޓީއަކަށް ދަތުރުކުރުމަށްފަހު ރާއްޖެ އައުމުންނެވެ. 

ހެލްތު މިނިސްޓްރީން ބުނީ މި ތިން މީހުންގެ ތެރެއިން ދެ މީހުންގެ ޓެސްޓްގެ ނަތީޖާ ލިބުނުއިރު ކޯވިޑް-19 އަށް ދެ މީހުން ނެގެޓިވް ވެފައިވާތީ އެމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކަރަންޓީނު ކުރާ މީހުން އާންމުކޮށް ކަރަންޓީނު ކުރަނީ 14 ދުވަހަށެވެ. 

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވެފައި އެ ގައުމުގެ ހުރިހާ ސިޓީއަކަށް ކޮރޯނާ ވައިރަސް ފެތުރި އަދިވެސް ކޮންޓްރޯލް ކުރެވިފައިވާތީ ދިވެހި ސަރުކާރުން ވަނީ ޗައިނާ އަށް ދަތުރުކޮށްފައިވާ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހަދާފަ އެވެ. މީގެތެރޭގައި ދިވެހިން ހިމެނޭނަމަ އެ މީހުން ރާއްޖެ އައުމުން 14 ދުވަހަށް ކަރަންޓީނު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް ވެސް ދިވެހި ސަރުކާރުން ވަނީ ހުއްޓުވާފަ އެވެ. 

މީގެއިތުރުން ކޯވިޑް-19އަށް ސްކްރީން ކުރުން ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބައިނަލްއަގްވާމީ އެއާޕޯޓްތަކުގައި މިހާރު ވަނީ ތާމަލް ކެމަރާ ހަރުކޮށްފަ އެވެ. އަދި ރާއްޖޭގެ ބަނދަރުތަކުން އެތެރެވެ، ބޭރުވާ މީހުންވެސް ބަލަމުންދާ ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ބުނެފަ އެވެ. 

ކޯވިޑްއ-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ގެއްލުންތަކެއް ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުން މިހާރު ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުންވެސް ފިޔަވަޅުތަކެއް އަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް