ads
ވީއައިއޭ ތަރައްގީކުރުމަށް ވިސްނާފައިވާ ގޮތުގެ ކުރެހުމެއް
އެސްޑީއެފް އަށް މިއަހަރު އަދި ޖަމާކުރީ 78.6 މިލިއަން ރުފިޔާ
މިއަހަރުގެ ފުރަތަމަ ފަސް ހަފްތާ ނިމިގެން ދިޔައިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކޮށްފައިވަނީ 78.6 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ދައުލަތަށް ލިބޭ އާމްދަނީއާއި ކުރާ ހަރަދުތައް ކޮންމެ ހަފްތާ އަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން ހާމަކުރަމުންދާއިރު މިއަހަރުގެ ފަސްވަނަ ހަފްތާގައި ދައުލަތަށް ލިބުނު އާމްދަނީއާއި ކޮށްފައިވާ ހަރަދުތައް ވެސް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީގެ ހަފްތާ ރިޕޯޓަށް ބަލާއިރު ފަސްވަނަ ހަފްތާގެ ނިޔަލަށް އެސްޑީއެފް އަށް ޖަމާކޮށްފަނީ 78.6 މިލިއަން ރުފިޔާ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފުރަތަމަ ފަސް ހަފްތާ ނިމުނުއިރު 120 މިލިއަން ރުފިޔާ އެސްޑީއެފްއަށް ޖަމާކޮށްފައިވެ އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޑީއެފް އުފެއްދީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި އިގްތިސޯދަށް ލިބޭ ގެއްލުންތަކަކާ ގުޅިގެން ދިމާވެދާނެ މައްސަލަތައް ފޫބެއްދުމަށް ހަރަދުކުރާ ފަންޑެއްގެ ގޮތުގަ އެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި މި ފަންޑް އުފެއްދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ނަގާފައިވާ ބޮޑެތި ލޯންތަކާ ގުޅިގެން ފަހަށް ފައިސާ ރައްކާކޮށްގެން ލޯން ދެއްކުމުގެ ގާބިލްކަން ހުރިކަން އަންގައިދިނުމަށެވެ. މި ފަންޑަށް ފައިސާ ޖަމާކުރަނީ ވެސް ވީއައިއޭ ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ފައިސާ އިންނެވެ. 

އެސްޑީއެފްއަށް މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވީ ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި އެސްޑީއެފްއަށް ޖަމާކުރަން ނިންމާފައިވަނީ 705.6 މިލިއަން ރުފިޔާ އަށެވެ. 

ސަރުކާރުން ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ކުރިން މި ފަންޑުގެ ޖުމްލަ އަދަދު 500 މިލިއަން ޑޮލަރަށް އިތުރުކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް