ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓުގެ ޤާޒީންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސެއް ދޭން ފާސްކޮށްފި
Share
ކްރިމިނަލް ކޯޓުގެ ޤާޒީންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސެއް ދިނުމަށް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

އެ އެލަވަންސް ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފަވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެވެ.

އެ ހުށަހެޅުން ދިރާސާކޮށް މިއަދު އެ ކޮމެޓީން މަޖިލީހަށް ފޮނުވިގޮތަށް ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ބެކްލޮގްގައި ހިމެނޭ 1،182 މައްސަލަ އެއްކޮށް ނިންމުމަށް މަސައްކަތްކުރާ ހަތަރު މަސްދުވަހު، އިތުރު ވަގުތުގައި މަސައްކަތް ކުރާ ގާޒީންނަށް ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ. 

މީގެ އިތުރުން މެޖިސްޓްރޭޓުންގެ މުސާރަބޮޑުކުރަން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅި ހުށަހެޅުންވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް