ads
ނިއުރޭޑިއަންޓް
ތިން އަހަރު ފަހުން ނިއުގެ ސަސްޕެންޝަން އުވާލައިފި
ތިން އަހަރާ ފަސް މަސް ދުވަހަށް ފަހު، ނިއުރޭޑިއަންޓްގެ ސަސްޕެންޝަން އެފްއޭއެމުން ރޭ އުވާލައިފިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ޓީމު، އަދި އެންމެ ސަޕޯޓަރުން ގިނަ ޓީމުކަމަށްވާ ނިއުރޭޑިއަންޓް، އެ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީގެން ސަސްޕެންޑް ކުރީ ދެހާސް ނަވާރަވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން މިދިޔަ ތިން އަހަރު ނިއުއަށް ފުޓްބޯޅައިގެ އެއްވެސް ހަރަކާތަކުން ފުރުސަތު ދީފައެއް ނުވެއެވެ. 

ނިއުގެ ސަސްޕެންޝަން އެފްއޭއެމުން އުވާލީ އެ ޓީމުން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ބިދޭސީ ކުޅުންތެރިންނާއި އޮފިޝަލުންގެ ފައިސާ ފީފާ މެދުވެރިކޮށް އެ ކުޅުންތެރިންނަށް ދައްކާ ޚަލާސްކޮށް އަދި ދިވެހި ކުޅުންތެރިންގެ ތެރެއިން ފައިސާ ދޭން ޖެހޭ ކުޅުންތެރިންނާއެކު ސެޓްލެމްޓް އެގްރީމެންޓްތަކެއް ހަދައި އެ ކުޅުންތެރިން އެފްއޭއެމަށް ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ނެގުމުންނެވެ. 

ނިއުގެ ސަސްޕެންޝަން އުވާލުމާއެކު، އަންނަ މަހު ފެށޭ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން އެ ޓީމުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް