ads
ރާއްޖޭގައި ކުޅޭ ޕާކިސްތާނުގެ ގޯލްކީޕަރު
ޕާކިސްތާނުގެ ސަސްޕެންޝަން ފީފާއިން އުވާލައިފި
ތިން ވަނަ ފަރާތެއްގެ ނުފޫޒާ ހެދި ފީފާއިން ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. ފީފާއިން ޕާކިސްތާނުގެ ސަސްޕެންޝަން އުވާލިކަން އިއުލާން ކުރީ ބުރާސްފަތި ދުވަހުއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފީފާއިން ޕާކިސްތާނު ސަސްޕެންޑް ކުރުމުން އޭނގެ ފަހުން ބައިނަލް އަގްވާމީ އެއްވެސް މުބާރާތެއްގައި ޕާކިސްތާނުގެ ފުޓްބޯޅަ ޓީމު ވާދައެއް ނުކުރެއެވެ. މިދިޔަ އަހަރު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައިވެސް ޕާކިސްތާނަށް ވާދަނުކުރެވުނީ ފީފާގެ ސަސްޕެންޝަންގެ ސަބަބުންނެވެ.

ސަސްޕެންޝަން އުވާލުމަށް ފަހު ފީފާއިންވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި އަލުން އިންތިހާބެއް ބާއްވައި ޕާކިސްތާނު ފުޓްބޯޅަ ފެޑެރޭޝަންގެ ކަންކަން ހަމައަކަށް އަޅުވަން ފުރުސަތު ދީފައެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފީފާއިން ޕާކިސްތާނު ސަސްޕެންޑް ކުރިއެވެ. އެންމެ ފަހުން ފީފާ އިން ޕާކިސްތާން ސަސްޕެންޑްކުރަން ނިންމީ އެ ފެޑެރޭޝަނުން ހަމަޖައްސާފައިވާ ޕީއެފްއެފްގެ ނޯމަލައިޒިން ކޮމިޓީ އަތުން އެ ގައުމުގެ ފުޓްބޯޅައިގެ ކޮންޓްރޯލް ޕީއެފްއެފްގެ ކުރީގެ ރައީސް ސައީދު އަޝްފާގު ހުސެއިން ޝާހް ނެގުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް