ads
ވައިރަހުން ރައްކާތެރިވުމަށް ޑިސްއިންފެކްޓު ކުރަނީ--
ބެއިޖިންއަށް އެތެރެވާ ހުރިހާ އެންމެން ކެރެންޓީން ކުރަނީ
އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބެއިޖިން އަށް އެތެރެވާ ހުރިހާ އެންމެން ދެ ހަފްތާއަށް ކެރެންޓީން ކުރަން ނިންމައިފި އެވެ.

ޗުއްޓީއަށް ފަހު އެނބުރި ބެއިޖިންއަށް ދިޔަ މީހުންނަށް އަންގާފައި ވަނީ ކެރެންޓީން ސެންޓަރަކަށް ދިޔުމަށް ނުވަތަ އަމިއްލައަށް 14 ދުވަހަށް ކެރެންޓީންވުމަށެވެ. އެ ސިޓީގައި 20 މިލިއަނަށް ވުރެ ގިނަ މީހުން އުޅެ އެވެ.

އެގޮތަށް އަމަލު ނުކުރާ މީހުންނަށް އަދަބު ދޭނެ ކަމަށް ވަނީ އަންގާފަ އެވެ. ބެއިޖިންގައި އެފަދަ ފިޔަވަޅެއް އަޅަން ފަށާފައި ވާއިރު، މިސްރުން ފުރަތަމަ ފަހަރަށް ވަނީ މި ވައިރަސް ހުރި މީހަކު ފެނިފަ އެވެ. 

ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނުނު މި ވައިރަހުގައި މިހާތަނަށް 1523 މީހުން ވަނީ މަރުވެފަ އެވެ. އިތުރު 2641 މީހަކަށް ވައިރަސް ޖެހިފައި ވާއިރު، އޭގެ އަސަރުކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 66،492 އަށް އަރާފަ އެވެ. 

ޗައިނާގެ އިތުރުން 24 ގައުމަކުން 500 އަށް ވުރެ ގިނަ މީހުންނަށް މި ވައިރަސް ވަނީ ޖެހިފަ އެވެ. އަދި ހޮންކޮން، ފިލިޕީންސް އަދި ޖަޕާނުގައި ވަނީ މީހަކު މަރުވެފަ އެވެ. 

ކޮވިޑް-19 ގެ ނަން ދީފައިވާ މި ވައިރަހާ ގުޅޭ ތަހުގީގެއް މި ހަފްތާ ބަންދުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ފަށާނެ އެވެ. 

ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ޓީމުން މަސައްކަތް ކުރާނީ ވައިރަހުގެ ނުރައްކާތެރިކަމާއި، އެ ފެތުރޭ ގޮތް ދެނެގަތުމަށެވެ. އަދި ސިއްހީ އެހީދޭ 1700 މީހުންނަށް ވައިރަސް ޖެހުނު ގޮތް ހޯދުމަށް ވެސް މަސައްކަތް ކުރާނެ އެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް