ads
ސުޝްމިތާ
ސުޝްމިތާ ކައިވެނި ނުކުރާ ސަބަބު މިއޮތީ
ކުރީގެ މަޝްހޫރު ތަރި އަދި މިސް ޔުނިވާސް ސުޝްމިތާ ސެން ވަނީ ދެ އަންހެން ކުދިން އެޑޮޕްޓުކޮށްފަ އެވެ. އަދި ބައެއް މީހުންނާއި ރަށްޓެހިވީ ނަމަވެސް މިހާތަނަށް ކައިވެންޏެއް ކޮށްފަ އެއް ނުވެ އެވެ.

މިފަހުން އޭނާ ވަނީ އޭނާ ކައިވެންޏެއް ކުރަން ބޭނުންނުވާ ސަބަބު ސާފުކޮށްދީފަ އެވެ. އޭނާ ބުނީ، ދަރިފުޅު ރެނީ އެޑޮޕްޓުކުރުމަށްފަހު، އޭނާގެ ދިރިއުޅުމަށް އައި ކޮންމެ ފިިރިހެނަކަށްވެސް އޭނާ އެންމެ އިސްކަންދޭ ކަންކަމަކީ ކޮބައިކަން އެނގޭނެ އެވެ. ނަމަވެސް ދުވަހަކުވެސް އެއްވެސް މީހަކާއި އެ  މަސްއޫލިއްޔަތު ހިއްސާކުރާނެ ކަމަށް އުންމީދު ނުކުރެ އެވެ. ސުޝްމިތާ ބުނީ، ނަމަވެސް ދަރިން ވަކި އުމުރަކަށް ދިއުމުން އެ އެހީތެރިކަންވެސް ބޭނުންޖެހޭނެތީ އެ މަސްއޫލިއްޔަތުން ދުރުގައި އެ މީހުން ބޭތިއްބޭނެ ގޮތެއްވެސް ނެތް ކަމަށެވެ. 

ސުޝްމިތާ ބުނީ އޭނާގެ ހަޔާތުގައި ވަރަށް ޝައުގުވެރި ފިރިހެނުންނާ ވެސް ބައްދަލުވި ކަމަށާއި، އެކަމަކު އެއިން އެކަކާއިވެސް ކައިވެނި ނުކުރީ ވަކި ހިސާބަކުން އެއިން ކޮންމެ ފިރިހެނެއްވެސް އޭނާ "ލެޓް ޑައުން" ކުރާތީ ކަމަށެވެ. 

ސުޝްމިތާ ވަނީ އޭގެތެރެއިން ތިން މީހަކާއި ކައިވެނިކުރުމާއި ވަރަށް ގާތައްވެސް ދިޔަކަން ހާމަކޮށްފަ އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރުކުވެސް ކޮންމެ ވެސް ސަބަބަކާއި ހެދި ކައިވެނިކުރުމުގެ ވިސްނުން އޭނާ ދޫކޮށްލަނީ ކަމަށް ބުންޏެވެ. އެ ވިސްނުން ދޫކޮށްލެވުން އެއީ އޭނާގެ ނަސީބު ކަމުގައިވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ސުޝްމިތާ ސިފަކުރަނީ އެއިން ކޮންމެ ފަހަރަކު އޭނާ އާއި އޭނާގެ ކުދިން "ގޯޑް ސަލާމަތް ކޮށްދެނީ" ކަމަށެވެ. 

އޭނާއާއި ވަރަށް ހަގު މީހަކާއި ރަށްޓެހިވެގެން އުޅުމަށްފަހު މިފަހުން ވަނީ އެ ގުޅުންވެސް ނިމުމަކަށް އައިސްފަ އެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް