ads
ޭމޭޖަރު އިބްރާހިމް އާޒިމް--
މޭޖަ އާޒިމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި
ސިފައިންގެ ހިދުމަތުގައި 34 އަހަރު ހޭދަކުރެއްވުމަށްފަހު، މޭޖާ އިބްރާހިމް އާޒިމް ރިޓަޔާ ކުރައްވައިފި އެވެ.

އޭނާ ހިދުމަތުން ރިޓަޔާ ކުރެއްވީ އިއްޔެ އެވެ. ރިޓަޔާ ކުރެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ، ހިދުމަތުގައި 34 އަހަރު ހޭދަކޮށް ޝަރަފުވެރިކަމާއި ރިޓަޔާކުރެއްވުމާއި ހަމަޔަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. 

އާޒިމް ވަނީ އެމްއެންޑީއެފްގެ އިސް ތަރުޖަމާނުގެ މަގާމު ހަ އަހަރު ވަންދެން ފުރުއްވާފަ އެވެ. ކެޕްޓަނެއްގެ ރޭންކުގައި ހުރުމަށްފަހު، އެމަގާމާއި އޭނާ ރަސްމީކޮށް ހަވާލުވީ 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ 27ވަނަ ދުވަހު އެވެ. އެއަށްފަހު 2019 ވަނަ އަހަރުގެ ތެރޭގައި އާޒިމް ވަނީ މޭޖަރެއްގެ ރޭންކަށް ޕްރޮމޯޓް ވެފަ އެވެ.

އިސް ތަރުޖަމާނެއްގެ ގޮތުގައި ހަ އަހަރު ހޭދަކުރުމަށްފަހު، އޭނާ އެމަގާމުން ދުރަށް ޖެހުނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގަ އެވެ.  އެމްއެންޑީއެފްގެ ހަބަރާއި މައުލޫމާތު ހިއްސާ ކުރުމުގައި އާޒިމް އަކީ މީޑިއާއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް