ads
އީޓީ ފޮޓޯ: އައިޝަތު ދިފްލާ
ފާހިޝް އަމަލުތައް ފެތުރިއްޖެ ގައުމެއްގައި ބަލިމަޑުކަމާއި ނާމާންކަން ފެތުރިގެންދާނެ: ހުތުބާ
އެއްޖިންސުން ގުޅުން ހިންގުމާއި، ޒިނޭގެ ނުބައި ފާހިޝް އަމަލުތައް ފެތުރިއްޖެ ގައުމެއްގައި މީގެ ކުރިން ދުވަހަކުވެސް ބައެއްގެ ތެރޭގައި ފެނިފައިނުވާފަދަ ބަލިމަޑުކަމާަކާއި، ނާމާންކަން ފެތުރިގެންދާނެ ކަމުގެ އިންޒާރު ޤުރުއާނާއި، ރަސޫލާގެ ހަދީސްތަކުން ދެއްވާފަވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ، މިހާރު މުޖުތަމައުގައި އާއްމުވެފައިވާ ބައެއް ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ އެއްޖިންސުން ގުޅުން ހިންގުމާއި، ފާހިޝް އަމަލުތަކުގެ ނުބައި ކަމުގެ މައްޗަށެވެ. 

" ފާހިޝް އަމަލުތަކާއި ދުރުހެލިވާށެ!" މި ނަމުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ބިންމަތީގައި ނުބައި ހުރިހާ ކަމެއް ފާޅުވަނީ، އިންސާނާގެ ނުބައި އަމަލުތަކުގެ ސަބަބުން ކަމަށެވެ. އެކަން ކަމުން ސަލާމަތްވެސް ވެވޭނީ، އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ ނުބައި އަމަލުތައް ހެޔޮކޮށް، އަމިއްލަ ނަފްސު އިސްލާހުކޮށް، ދިރިއުޅޭ ވެށި އެ އަމަލުތަކުން ތާހިރުކޮށްގެން ކަމަށެވެ. 

އިންސާނާ ދިރިއުޅޭވެށި ތަގައްޔަރުވެ، ފަސާދަވެ، އުދަގޫތަކާއި ކުރިމަތިލާންޖެހެނީ އިންސާނާގެ އަމަލުތަކުންކަން ޤުރުއާނުން އެގެން އޮންނަ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. 

" މީސްތަކުންގެ އަތްތަކުން ހޯދާގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެ އެވެ. އެއުރެން ކުރި ބައެއް އަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން
(ތައުބާވެ) ރުޖޫއަ ވުމަށްޓަކައެވެ" މާތްﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވެއެވެ.
"މުސްލިމު އަހުންނޭވެ، މާތްﷲ އަމަރުފުޅުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓާނަމަ މުތަމައު އިސްލާހުވެ، ބަލިތަކާއިދުރުވެ، ސިއްހަތައް ރައްކާތެރިކަން ލިބޭނެ އެވެ. ނަހީކުރައްވާފައިވާ ކަންކަމަށް އަރައިގަންނަނަމަ ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެ،" ހުތުބާގައި ބުނެފައިވެ އެވެ.

ދުނިޔާގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާއި ވަބާތަކާ މެދު ވިސްނާލާއިރު، އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިނގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތަކެވެ. އޭގެތެރޭގައި ފަރުވާއެއް ނެތް އެޗްއައިވީ އާއި، މިހާރު ބައެއް ގައުމުތަކުގައި ގަދައަށް ފެތުރެމުންދާ މަންކީ ޕޮކްސްއަކީވެސް އެއްޖިންސުން ގުޅުން ހިންގުމުން ޖެހޭ ބައްޔެއްގެ ގޮތުގައި ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މި ބަލި އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ފުށުން އެހެން މީހުންނަށް ޖެހޭ ކަމަށް، އިނގިރޭސިވިލާތުގެ ޑޮކްޓަރުން ވަނީ ދާދިފަހުން ބުނެފަ އެވެ.  

ހުތުބާގައި ބުނީ، މިފަދަ ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ، އިންސާނުން އަމިއްލައަށް ކުރާ ފާހިޝް އަމަލުތަކުގެ ސަބަބުން ކަަމަށާއި، މާތް ﷲ ކަނޑައަޅުއްވާފައިވާ ޝަރުއީ ނިޒާމުން ބޭރުވުމުގެ ސަބަބުން ކަމަށެވެ. އަދި އެއްޖިންސން ގުޅުން ހންގުމާއި، ޒިނޭ ކުރުމާއި، އެކިއެކި ނަހަމަ ޖިންސީ އަމަލުތަކުގެ ތެރެއިށް މީސްތަކުން ގެނބިގެން ދިއުމުގެ ސަބަބުން ކަމަށެވެ. 

ހުތުބާގައި ބުނީ ބައެއްގެ ތެރޭގައި ފާހިޝް އަމަލުތައް ފެތުރިއްޖެނަމަ، ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރެއަށް ފާޅުނުކުރައްވާ ފަދަ ބަލިމަޑުކަމާއި ވަބާތައް އެ ބަޔެއްގެ ތެރޭގައި ފާޅުކުރައްވާނޭކަމުގެ އިންޒާރު ކީރިތި ރަސޫލާ ވަނީ ދެއްވާފަ ކަމަށާއި، މީގެ ކުރިން އެފަދަ ނުބައި އަމަލުތައް ހިންގި މީހުންނަށް ވެގެންދިޔަ ގޮތް އެއީ އޭގެ ހެއްކެއް ކަމަށެވެ. 

ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. " ބައެއްގެ ތެރޭގައި ފާހިޝް އަަމަލުތައް ފެތުރި، އެމީހުން ފާޅުގައި އެކަންކަމަށް ގޮވާލާ ހިސާބަށް ހިގަތްޖެނަމަ، އެބައެއްގެ ތެރެއަށް ޡާޢޫން ބައްޔާއި، ކުރިން އުޅުނު މީސްތަކުންގެ ތެރޭގަ ފެތުރިފައި ނުވާ ބަލިމަޑުކަމެއް ފެތުރިގެން ދާނެކަން ކަށަވަރެވެ" 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް