ads
މިދިޔަ އަހަރު ހުޅަނގު މޫސުމުގައި ވަރަށް ބޮޑަށް ޅ. ހިންނަވަރަށް އުދައަރާފައި
ރާޅުގެ އުސްމިން 7 ފޫޓުގައި، ކަނޑުތައް ގަދަވެ، ވައިވެސް ގަދަ، ސަމާލުވޭ!
ރާޅުގެ އުސްމިން ހަތް ފޫޓަށް އުފުލި، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީއާއި ކަނޑުތައް ގަދަވެ، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެތީ، ހުރިހާ ފަރާތަތަކުން ހާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓުން މިއަދާއި މާދަމާގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން މިއަދާއި މާދަމާގެ ރާޅުގެ އުސްމިން ހަތަރު ފޫޓާއި، ހަތް ފޫޓަށް އުފުލޭނެކަމަށް މެޓުން ލަފާކުރެ އެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފަ އެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައުުގަދަވުން ވެސް އެކަށީގެންވާކަމަށް މެޓުން ބުނެ އެވެ. 

ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މިއަދު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް އޮތީ ވައިޓް އެލާޓުވެސް ނެރެފަ އެވެ.

މެޓުން ބުނީ މިއަދާއި މާދަމާ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާ ކަމަށެވެ. 

މެޓުން ޖޫންއިން ފެށިގެން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު، މިމަސްތަކުގައި ވާރޭ ވެހޭ މިންވަރު ގިނަ ހިސާބަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވާނެކަމަށް ބެލެވެއެެވެ.

މިދުވަސްވަރު ރާއްޖެސަރަހައްދުގައި ފިނިހޫނުމިންއެންމެ މައްޗަށްދާވަރު، ދެކުނާއި މެދުރާއްޖެތެރޭ ބައެއް ހިސާބުތަކުގައި އާންމު މިންގަޑުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވެ ވެއެެވެ.

ފިހިހޫނުމިން އެންމެ ދަށްވެގެންދާވަރު ދެކުނާއި މެދުރާއްޖެތެރޭ ބައެއް ހިސާބުތަކުގައި އާންމު މިންގަޑުގައި ހުންނާނެ ކަމަށް ލަފާކުރެވޭ އަދި އެހެން ހިސާބުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވެ، ހަތް ފޫޓަށް ރާޅު އުފުލި ވައިވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރާއިރު، ރާއްޖޭގެ އެކި ރަށްތަކަށް މިވަގުތު ދަނީ ވަރަށް ބޮޑަށް އުދައަރަމުން ނެވެ. 

18%
ކަމުގޮސްފި
35%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް