ads
އޭނާ ވެއްޓިފައި އޮއްވާ ފެނުނީ އެމަގުންދިޔަ ބަޔަކަށް——ފޮޓޯ:ސީއެންއެމް
ހުޅުމާލެ މަގެއްގެމަތިން ހަބަރު ހުސްވެފަ އޮތް މީހަކު ފެނިއްޖެ
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހި ގުޅޭ ނިރޮޅި މަގުގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

އެ ސަރަހައްދުން މައުލޫމާތު ދިން މީހަކު ސީއެންއެމް އަށް ބުނިގޮތުގައި ވެއްޓިފައި އޮއްވާ ފެނިފައިވަނީ ޒުވާން އުމުރުގެ ބިދޭސީ އެކެވެ.

އޭނާ ފެނުނީ އެސަރަހައްދުގެ ނިރޮޅިމަގު އެއްކައިރީން ހަބަރު ހުސްވެފަ އޮއްވަ އެވެ.

your imageހަބަރު ހުސްވެފައި އޮއްވާ އެމަގުންދިޔަ ބަޔަކަށް ފެނިގެން އޭނާ ހޭ އަރުވަން މަސައްކަތްކުރަނީ——ފޮޓޯ: ސީއެންއެމް

އެމަގުން ދިޔަ ބަޔަކަށް އޭނާ ފެނުމުން ހޭއަރުވަން މަސައްކަތްކޮށްފައިވެ އެވެ. އެތަނުގައި ހުރި މީހަކު ބުނީ އޭނާ ކޮންމެވެސް ވަރަކަށް ވާހަކަދެއްކި ނަމަވެސް އެތަނަށް ވެއްޓިފައިއޮތީ ކީއްވެކަމެއް އަދި ސާފުނުވާ ކަަމަށެވެ.

އޭނާގެ ގައިގެން އަނިޔާއެއް ފެނިފައިނުވާކަމަށް އެ ސަރަހައްދުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިދޭސީން އުޅޭ ސައިޓެއްގައި ބިދޭސީއަކު ހަބަރު ހުސްވެފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓު މިއަދު 18:20 ހާއިރު ލިބުނު ކަމަށާއި، އޭނާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށެވެ.

ނަަމަވެސް އިތުރު މައުލޫމާތެެއް ނުދެ އެވެ. ފުލުހުން ވިދާޅުވީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް