ads
މިދިޔަ އަހަރު އިހަވަންދޫއަށް އުދަ އެރުމުގެ ސަބަބުން ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރުމަށް ރައްޔިތުން ހަރަކާތްތެރިވަނީ. ފޮޓޯ: ނެކްސްޓް އިފެކްޓް
ރާޅުގެ އުސްމިން 8 ފޫޓަށް އުފުލިއްޖެ، ކަނޑުތައް ގަދަ، އުދައަރާނެ!
ރާޅުގެ އުސްމިން އަށް ފޫޓަށް އުފުލި، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީއާއި ކަނޑުތައް ގަދަވެ، އުދަވެސް އަރާނެތީ، ހުރިހާ ފަރާތަތަކުން މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓުން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށް، އަދި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއަދުގެ ރާޅުގެ އުސްމިން ވަނީ ފަސް ފޫޓާއި އަށް ފޫޓަށް އުފުލިފަ އެވެ. އިއްޔެ ރާޅުގެ އުސްމިން އުޅުނީ ހަތަރު ފޫޓާއި، ހަތް ފޫޓުގަ އެވެ. 

އިއްޔެވެސް ރާއްޖޭގެ ބޮޑު ހިސާބަކަށް އުދައަރާ އެކިވަރުގެ ގެއްލުންތައްވެފަވާއިރު، މެޓުން މިއަދު ވެސް ލަފާކޮށްފަވަނީ ދިޔަވަރު ބޮޑުވާގަޑިތަކުގައި އެކި ހިސާބުތަކަށް އުދައަރާނެ ކަމަށެވެ.

މެޓުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. 

މިގޮތުން ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ކަނޑުތައް ގަދަވެ އުދަ ވެސް އަރާނެކަމަށް ލަފާކުރެވޭތީ، ޅ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ ޔެލޯ އެލާޓުވެސް ނެރެފަ އެވެ. 

ރާއްޖޭގެ ކަނޑުތައް ގަދަވެ، އަށް ފޫޓަށް ރާޅު އުފުލި އުދަވެސް އަރާނެކަމަށް ލަފާކުރާއިރު، ރާއްޖޭގެ އެކި ރަށްތަކަށް އިއްޔެ ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފަ އެވެ.

މެޓުން ކުރިއަށް އޮތް 3 މަހަށް މޫސުން ލަފާކުރާގޮތް

މެޓުން ޖޫންއިން ފެށިގެން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު، މިމަސްތަކުގައި ވާރޭ ވެހޭ މިންވަރު ގިނަ ހިސާބަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވާނެކަމަށް ބެލެވެއެެވެ.

މިދުވަސްވަރު ރާއްޖެސަރަހައްދުގައި ފިނިހޫނުމިންއެންމެ މައްޗަށްދާވަރު، ދެކުނާއި މެދުރާއްޖެތެރޭ ބައެއް ހިސާބުތަކުގައި އާންމު މިންގަޑުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވެ ވެއެެވެ.

ފިހިހޫނުމިން އެންމެ ދަށްވެގެންދާވަރު ދެކުނާއި މެދުރާއްޖެތެރޭ ބައެއް ހިސާބުތަކުގައި އާންމު މިންގަޑުގައި ހުންނާނެ ކަމަށް ލަފާކުރެވޭ އަދި އެހެން ހިސާބުތަކުގައި ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.


23%
ކަމުގޮސްފި
46%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް