ads
ކ.ތުލުސްދޫ ޓުއަރިޒަމަށް ހާއްސަ ސަރަހައްދު
ޓޫރިޒަމަށް ހާއްސަކޮށް މާލެ ސަރަހައްދުގެ ބިމުކުލި އަކަމީޓަރަކަށް 95 ޑޮލަރަށް ބޮޑުކޮށްފި
ފަތުރުވެރިކަމުގެ ގޮތުގައި މާލެ ސަރަހައްދުގެ ބިމު ކުއްޔަށް އަކަމީޓަރަކަށް 95 ޑޮލަރު ދައްކަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލަކީ މިދިޔަ މާޗް މަހުގެ ތެރޭގައި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅު ބިލެކެވެ. މި ބިލް މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްފައިވަނީ 50 މެންބަރުން ތާއީދާއެކު މިދިޔަ ބުރާށްފަތި ދުވަހުގަ އެވެ. 

މާލެ ސަރަހައްދުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާލެ އާއި ހުޅުމާލެ، އަދި ވިލިމާލެ އާއި މާލޭ ސިޓީގެ ގޮތުގައި ހަމަޖައްސާފައިވާ ސަރަހައްދުތަކެވެ.

ޓުއަރިޒަމް ގާނޫނު ކުރިން އޮތްގޮތުން 200،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަކަމީޓަރަކަށް ނަގަނީ ހަތަރު ޑޮލަރު، 500،000 ޑޮލަރާ ހަމައަށެވެ. 400،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަހަރަކަށް 750،000 ޑޮަލަރެވެ. އަދި 400،000 އަކަމީޓަރަށް ވުރެ ބޮޑެތި ބިންތަކަށް އަހަރަކަށް އެއް މިލިއަން ޑޮލަރެވެ. 

ނަމަވެސް އަލަށް ގެނައި ބަދަލާއެކު މާލެ ސަރަހައްދުގެ ކޮންމެ ބޮޑު މިނެއްގެ ބިމަކަށް ވެސް އަހަރަކަށް ނަގާނީ އަކަމީޓަރަކަށް 95 ޑޮލަރެވެ.

ކުރިން އޮތްގޮތުން ނަމަ 5000 އަކަމީޓަރުގެ ބިމަކަށް އަހަރަކު ނަގާނީ 20،000 ޑޮލަރެވެ. ނަމަވެސް އަލަށް ގެނައި އިސްލާހާއި އެކު ދައްކަންޖެހޭ އަގު ދެގުުނަ އަށް ބޮޑުވެ އެވެ. އެގޮތުން 5000 އަކަމީޓަރުގެ ބިމަކަށް އަހަރަކު 475،000 ޑޮލަރު ދައްކަންޖެހޭނެ އެވެ. 

މި ގަވައިދަށް އަމަލުކުރާނީ ރައީސުލް ޖުމްހޫރިއްޔާ މި ބިލް ތަސްދީދު ކުރެއްވުމުން ނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް