ads
އީގަލްސް- ދަގްރާންޑޭ މެޗުގެ ތެރެއިން
އީގަލްސްއިން ފަރަގު ކުޑަކޮށްފި
ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ބަލިކޮށް، ކްލަބު އީގަލްސްއިން އެއްވަނައިގަ އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން ފަރަގު ކުޑަކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އީގަލްސްއާ ދަ ގްރާންޑޭ ކުޅުނު މެޗުން އީގަލްސް މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.

ފަހު ބުރު ފެށުނު އިރު، އެއްވަނައިގަ މާޒިޔާ އޮތީ ސާދަ މެޗުން ތިރީސް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ފަހު ބުރުގައި މާޒިޔާގެ ފުރަތަމަ މެޗު ކުޅޭނީ މިއަދު ހަވީރުއެވެ. ދެވަނައިގަ އީގަލްސް އޮތީ ރޭ ދަ ގްރާންޑޭ އަތުން ހޯދި ތިން ޕޮއިންޓާއެކު ފަނަރަ މެޗުން ތިރީސް ހަތް ޕޮއިންޓާއެކުއެވެ. ރޭގެ މެޗަކީ ލީގުގައި އީގަލްސް ކުޅުނު ފަނަރަވަނަ މެޗެވެ. މާޒިޔާގެ ފަނަރަވަނަ މެޗު ކުޅޭނީ މިއަދުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް