ads
ކިިނބިދޫއަށްވެސް ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފަ
އަދިވެސް އުދައަރަމުންދަނީ، 80 އަށްވުރެ ގިނަ މީހުންގެ ގެދޮރު ދޫކޮށް އެހެން ތަންތަނަށް!
ރާއްޖޭގެ ގިނަ ރަށްތަކަކަށް އިއްޔެއިން ފެށިގެން އަރަމުންދާ އުދައިގެ ސަބަބުން 80 އަށްވުރެ ގިނަ މީހުން އަމިއްލަ ގެދޮރު ދޫކޮށް އެހެންތަންތަނަށް ބަދަލުވަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެ އޮތޯރަޓީން ދަނީ އިއްޔެއިން ފެށިގެން އުދައަރަމުންދާ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދީ އެރަށްރަށަށް ލިބެމުންދާ ގެއްލުންތައް ބަލަމުން ނެވެ. 

މިއަދު އެ އޮތޯރަޓީން ނެރުނު ބަޔާނެއްގައި ބުނީ، ރޭ ދަންވަރާއި، މިއަދު ހެނދުނުވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް އުދައިގެ އަސަރުކުރަމުންދިޔަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އުދައަރާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަށްރަށުގެ ކައުންސިލުންނާއި އެމްއެންޑީއެފް ގުޅިގެން ކުރަމުންދާ ކަމަށް ބުންޏެވެ. 

އެންޑީއެމްއޭ އިން މިއަދު އާއްމުކޮށްފައިވާ މިހާތަަނަށް އުދައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލުތަކުގައިވާގޮތުން 80 އަށްވުރެ ގިނަ މީހުންގެ ގެދޮރަށް އެކިވަރުގެ ގެއްލުންތައް ލިބި އެހެން ހިޔާތަކަށް ދިރިއުޅުން ދަނީ ބަދަލުކުރަމުން ނެެވެ. 

އުދައިގެ ސަބަބުން ގެއްލުން ލިބިފައިވާ ރަށްތައް

ގދ. މަޑަވެލި

  • 4 އާއިލާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ
  • މީގެ އިތުރުންވެސް ގިނަ އާއިލާތަކެއް ވަނީ ގެދޮރު ދޫކޮށް އާއިލާގެ އެހެން ގޭގެއަށް ބަދަލުވެފަ
  • 50 އަށްވުރެ ގިނަ ގޭގެއަށް ބޮޑެތި ގެއްލުންތަކެއްވެފަ

ގދ. ރަތަފަންދޫ

  • 40 ވަރަކަށް ގެޔަށް އެކިވަރުގެ ގެއްލުން ލިބިފަވޭ

ތ. ތިމަރަފުށި

ތ. ކިނބިދޫ

  • 90 އިންސައްތަ ގެތަކަށް ގެންލުންވެފަ

ތ. މަޑިފުށި

  • 60 ވަރަކަށް ގެއަށް ލޮނުވަދެ އެކިވަރުގެ ގެއްލުންތައް ލިބިފަ

ތ. ދިޔަމިގި

  • 4 ގެއަކަށް ގެއްލުންވެފަވޭ

އދ. ދިއްދޫ

  • 6 ގެއަކަށް އެކިވަރުގެ ގެއްލުން

އދ. ފެންފުށި

  • އެއް އާއިލާއެއް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ގެއަަކަށް ބަދަލުކުރެވިފަވޭ
  • ރަށަށް އެކިވަރުގެ ގެއްލުންތައް ލިިބިފަވޭ

ތ. ވޭމަންޑޫ

  • 2 ގެއެއްގެ ފުރާޅު އެއްލާލައިގެން މަރާމާތުކުރުމުގެ މަސައްކަތް ކުރެވިފަވޭ
  • ނަރުދަމާ ހަލާކުވެފަ

ތ. ގާދިއްފުށި

  • ނަރުދަމާއަށް ބޮޑެތި ގެއްލުންވެފަވޭ

your image

އެންޑީއެމްއޭ އިން ބުނީ، ހާލުގައި ޖެހޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކައުންސިލުތަކުން ކުރަމުންދާ ކަމަށެވެ. އަދި ރަށްތަކަށް ބޭނުންވާ އެހީތެރިކަން އެ އޮތޯރިޓީން ފޯރުކޮށްދީ، ހާލަތު ގާތުން ބަލަމުންދާކަން ފާހަގަކުރި އެވެ.

މެޓުން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ އެވެ. އަދި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއަދުގެ ރާޅުގެ އުސްމިން ވަނީ ފަސް ފޫޓާއި އަށް ފޫޓަށް އުފުލިފަ އެވެ. އިއްޔެ ރާޅުގެ އުސްމިން އުޅުނީ ހަތަރު ފޫޓާއި، ހަތް ފޫޓުގަ އެވެ. 

މެޓުން މިއަދު ވެސް ލަފާކޮށްފަވަނީ ދިޔަވަރު ބޮޑުވާގަޑިތަކުގައި އެކި ހިސާބުތަކަށް އުދައަރާނެ ކަމަށެވެ.

14%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
79%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް