ads
ސަލާހް ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ފަހަރެއްގައި
ރާއްޖޭން ފުރިގޮތަށް ސަލާހް ކޮންޓްރެކްޓް އާކޮށްފި
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރައިގެން ދިޔަ ގޮތަށް ގޮސް، މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހް، ލިވަޕޫލްގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

ލިވަޕޫލްގެ ސަލާހަކީ އާއްމުކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ކުޅުންތެރިންގެ ތެރޭގައި މިހާރު ހިމެނިފައިވާ ކުޅުންތެރިއެކެވެ. އޭނާ އެންމެ ފަހުން ރާއްޖެ އައިސް ޗުއްޓީ ނިންމާފައި ފުރީ މިދިޔަ ހަފްތާގައެވެ. މިދިޔަ ހަފްތާގައި ޗުއްޓީ ނިންމާފައި ފުރިގޮތަށް އޭނާވަނީ އޭނާގެ ކޮންޓްރެކްޓް ދެހަސް ފަންސަވީސްވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ރާއްޖޭން ފުރައިގެން ދިޔަ ގޮތަށް ގޮސް އާ ކޮންޓްރެކްޓްގައި ސޮއިކުރިއިރު، ރާއްޖެއަށް ޗުއްޓީއަށް އައުމާ ހަމައަށްވެސް އޮތީ ކްލަބާއެކު އޭނާއަށް އެއްބަސްވުމަކަށް ނާދެވިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މުސާރައިގެ ކަންތަކުގައި ކްލަބާއެކު އޭނާއަށް އެއްބަސްވުމަށް ނާދެވި އޮތުމަށް ފަހު، ފަހުން އެއްބަސްވުމަކަށް އާދެވި އާ ކޮންޓްރެކްޓްގައި ސޮއިކުރީއެވެ.

އާ ކޮންޓްރެކްޓްގައި ސޮއިކުރި ސަލާހު ވަނީ ލިވަޕޫލާ އެކު އިނގިރޭސި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް، ކްލަބް ވޯލްޑް ކަޕް، އެފްއޭ ކަޕް އަދި ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް