ads
އެމްއެސްއެސްގެ ތިންވަނަ ބޯޓު
މިފަހަރު ގަތް ބޯޓަކީ ރާއްޖޭގައި ހުރެގެން ގަތް ފުރަތަމަަ ކޮންޓެއިނާ ބޯޓު: އެސްޓީއޯ
އިއްޔެ ރާއްޖެގެނައި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އާ ބޯޓަކީ ރާއްޖޭގައި ހުރެގެން ގަތް ފުރަތަމަ ކޮންޓެއިނާ ބޯޓު ކަމަށް ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓިއޯ) އިން ބުނެފި އެވެ.

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެމްއެސްއެސްގެ ތިންވަނަ ބޯޓު "އެމްވީ އެމްއެސްއެސް ގްރެފީން" އިއްޔެ ވަނީ ރާއްޖެ ގެނެސްފަ އެވެ. 

ޖަރުމަނުގެ "ކެންޑްލާ" ކުންފުންޏާއެކު މި ބޯޓު ފެންނަ ގޮތައް ނޫސްވެރިންނާއިއެކު އެސްޓިއޯއިން އިއްޔެ މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަނީ ފައިސާ ދައްކާފަ އެވެ. އެެއްބަސްވުމުގައި އެސްޓިއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. 

"މީ ރާއްޖޭގައި ހުރެގެން ގަތް އެންމެ ފުރަތަމަ ބޯޓު. މީ ތާރީހީ ކަމެއް. މިފަދަ ގަޑިއަކު މި ބޯޓު ގަތުމަށް އެއްބަސްވުން ބާއްވަން ޖެހުނީވެސް މީ ވަކި ޓައިމަކަށް ސޮއިކުރަންޖެހޭ ކަމަކަށް ވުމުން." އަމްރު ވިދާޅުވި އެވެ.

މިހާރުވެސް ދަތުރު ކުރަމުން އަންނަ އެމްއެސްއެސް ގެލީނާގެ ސިސްޓަ ވެސެލް ނުވަތަ އެއާ އެއްސައިޒުގެ އާ ބޯޓުން 420 ލޯޑް ކޮންޓެއިނާ އުފުލޭނެ އެވެ. އަދި ހުސްކޮށް ނަމަ 680 ކޮންޓެއިނާ އުފުލެ އެވެ. އޭގެތެރޭގައި ފިނިކުރި ތަކެއްޗަށް ހާއްސަ 60 ރީފާ ކޮންޓެއިނަރު ހިމެނެ އެެވެ.

މީޑިޔާ އަށް މައުލޫމާތުދެއްވަމުން އަމްރު ވިދާޅުވީ މިހާރު އެމްއެސްއެސް އިން ހުރިހާ ބާވަތެއްގެ މުދަލެއްވެސް ގެނައުމަށް ފަސޭހަވެގެން ހިގައްޖެ ކަމަށެވެ. އަމްރު ވިދާޅުވީ މި ބޯޓާއެކީގައި ޑައިރެކްޓްކޮށް ގުޅާލެވުނީ ސިންގަޕޫރާއި ހިސާބުން ފެށިގެން މެލޭޝިއާއިން ރާއްޖެއަށް ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށްއޮތް ތަނުގައި އަރަބިކަރައިންވެސް ރާއްޖެއަށް ސީދާ ޑައިރެކްޓު ދަތުރުތައް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

"މީ ބޮޑު ކުރިއެރުމެއް. މިހާރު ގުޅާލެވުނީ މި ސިންގަޕޯއިން މެލޭޝިއާ އާ ރާއްޖެއަށް ޑައިރެކްޓްކޮށް، ކުރިއަށް އޮތް ތަނުގައި އަރަބިކަރައިން ސީދާ ޑައިރެކްޓު ކުރެވޭނެ ކަމަށް އުންމީދު ކުރަނީ." އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ކުންފުނި ފުޅާވެގެން އަންނައިރު ވަޒީފާގެ ފުރުސަތުތައް އެބަހުރި ކަމަށާއި، ނަމަވެސް ކޮލެޓީ ތައުލީމީ ދިވެހިން އަދިވެސް މި ދާއިރާއަށް މުހިންމު ކަމަށެވެ. އަމްރު ވިދާޅުވީ މީހުން ތަމްރީން ކުރުމަށް އެމްއެންޔޫ އާއި ގުޅިގެން ހިލޭ ކިޔަވައިދިނުމުގެ ފުރުސަތުތަކެއް ފަހި ކުރުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް