ads
މާޒިޔާ- ގްރީން މެޗުގެ ތެރެއިން
މާޒިޔާއިން އެއްވަނައިގަ ހަމަ ޖެހިގެން
ދިވެހި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، މާޒިޔާއިން އެއްވަނައިގަ އަނެއްކާވެސް ފަރަގު ބޮޑު ކޮށްފިއެވެ.

މާޒިޔާއިން ހޮނިހިރު ދުވަހު މޮޅުވީ ގްރީން ސްޓްރީޓްސްއާ ކުޅެއެވެ. މި މެޗުން މާޒިޔާ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މާޒިޔާގެ ލަނޑުތައް ޖެހީ ބިދޭސީ ފޯވާޑު ޓަނާ އަދި ހަމްޒާ މުހައްމަދުއެވެ. ޓަނާގެ ލަނޑަކީ ޕެނަލްޓީއެކެވެ. ހަމްޕުގެ ލަނޑަކީ އޭރިޔާ ބޭރުން ހަމްޕު ފޮނުވާލި ހިތްގައިމު ލަނޑެކެވެ.

މި މެޗުން މޮޅުވެ، މާޒިޔާ އެއްވަނައިގަ އޮތީ ފަނަރަ މެޗުން ސާޅީސް ދެ ޕޮއިންޓް ހަމަކޮށްގެނެވެ. ދެވަނައިގަ އޮތް އީގަލްސްއަށް ފަނަރަ މެޗުން ލިބިފައިވަނީ ތިރީސް ހަތް ޕޮއިންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް