ads
މަޖިލިސް ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ. މިހާރު ނޫސް
ހެއްކާއިބެހޭ ބިލް ތަސްދީގު ނުކުރަން މީޑިޔާ ކައުންސިލުން އެދިފި
މަސްދަރު ހާމަ ކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން މި ބިލް ތަސްދީގު ނުކުރުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން (އެމްއެމްސީ)ން އެދިއްޖެ އެވެ.

ނޫސްވެރިންގެ މަސްދަރު ހާމަކުރުން މަޖުބޫރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލް މިހާރު އޮތްގޮތަށް ތަސްދީގު ނުކުރަން އެމްއެމްސީން އެދިފައިވާއިރު ބައިނަލް އަގުވާމީ ޖަމިއްޖާ ޖަމާއަތްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެމްއެމްސީން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާ ގޮތަށް އޮތް ބިލަކަށް ވާތީ އެ ބިލް ތަސްދީގު ނުކުރައްވައި، މަޖިލީހަށް އަނބުރާ ފޮނުވާލެއްވުމަށް އެދޭކަމަށެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަކަށް ހެއްކާއިބެހޭ ބިލް ފާސް ކުރުމުގެ ކުރިން ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީގައި މިދިޔަ ބުރާސްފަތި ދުވަހު މި ބިލާއި ދެކޮޅަށް އަޑު އުފުލާފަ އެވެ. 

ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ގޮވާލާ ކުރި އިހުތިޖާގައި މި ބިލްގައި "މަސްދަރު ފަސޭހައި ހާމަކުރާ ގޮތަށް އޮވެގެން ނުވާނެ" ކަމަށާއި، "ޓެރަރިޒަމްގެ ކުއްތަކަކީ ކޮބައިކަން ބިލްގައި ބަޔާންކުރުމަށް" ގޮވާލާފައިވެ އެވެ. 

ބިލު މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުފާފާޅުކޮށް، އެކަމަށް މަޖިލީހުގެ މެމްބަރުންނަށް މަރުހަބާވެސް ދަންނަވާފަ އެވެ. ނަޝީދު ވިދާޅުވީ، އެއީ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއީ މަޖިލީހުން ނިންމި އެންމެ މުހިންމު އެއް ބިލު ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް