ސަސްއިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ވެލެންސިޔާއިން މޮޅުވީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މި ނަތީޖާއާއެކު ވެލެންސިޔާވަނީ ޓޭބަލްގެ ތިންވަނައަށް ކުރިއަށް ޖެހިފައެވެ. ވެލެންސިޔާއަށް ފަނަރަ މެޗުން ބާވިސް ޕޮއިންޓް ލިބިފައިވެއެވެ. ވެލެންސިޔާ އަތުން ބަލިވި ސަސް އޮތީ ފުލުން ދެވަނައިގަ އެވެ. އެއީ ފަނަރަ މެޗުން ސާދަ ޕޮއިންޓާއެކުއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ސަސްއިން ޖެހި ލަނޑު ޖެހީ އަހުމަދު އައިހަމްއެވެ. ވެލެންސިޔާގެ ލަނޑުތައް ޖެހީ ބިދޭސީ ފޯވާޑު ހަލީލް ބަދަލަކަށް ކުޅެން އެރި އަބްދުﷲ ޔާމީންއެވެ.