ads
ދުބާއީގައި އޮތް ފެއާގައި ރާއްޖޭގެ ސްޓޭންޑް-- ފޮޓޯ: އެމްއެމްޕީއާރްސީ
އިންޑިއާ އާއި ދުބާއީގެ ފެއާތަކުން ރާއްޖެއަށް އެވޯޑު!
ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ބޭއްވި ބައިނަލްއަގްވާމީ ދެ ފެއާއަކުން ރާއްޖެއަށް އެވޯޑު ލިބިއްޖެ އެވެ.

އެގޮތުން 31 ޖެނުއަރީން 1 ފެބްރުއަރީއަށް އިންޑިއާގައި ބޭއްވި ބިޒްނަސް ވައިސް އެންޑް ލެޝާ ގާޓްގައި ރާއްޖޭގެ ސްޓޭންޑަށް ވަނީ އެންމެ ރީތިކޮށް ފަރުމާކޮށްފައި ހުރި ސްޓޭންޑުގެ އެވޯޑު ލިބިފަ އެވެ. 

ދެ ދުވަހުގެ ނިޔަލަށް ދިއްލީގައި އޮތް މި ފެއާއަކީ އިންޑިއާގެ 6.5 މިލިއަން ފަތުރުވެރިންނަށް އަމާޒުކޮށް، ރާއްޖެ ޕްރޮމޯޓު ކުރަން ލިބުނު ފުރުސަތެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެ އެވެ. 

އެ ފެއާގައި 54 އަކަފޫޓުގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ރަމްޒުކޮށްދޭ ގޮތަށެވެ. އަދި އެ ސްޓޭންޑުގެ ލެޑް ސްކްރީނުގައި ރާއްޖޭގެ ތަފާތު މަންޒަރު ފެންނަ ވީޑިއޯ ދައްކާފައި ވެއެވެ. 

އޭގެ އިތުރުން ފެބްރުއަރީ 5 އިން 8 އަށް ދުބާއީގައި ބޭއްވި ދަ ބްރައިޑް ޝޯ ގައި ވެސް ރާއްޖޭގެ ސްޓޭންޑަށް ވަނީ އެންމެ ރީތި ސްޓޭންޑުގެ އެވޯޑް ލިބިފަ އެވެ. 

މެދުއިރުމަތީގައި ރާއްޖެއިން މި އަހަރު ފުރަތަމަ ބައިވެރިވި މި ފެއާއަކީ އަލަތު ކައިވެނި ކުރާ މީހުންނަށާއި، ފެޝަނަށް ލޯބި ކުރާ މީހުންނަށް ހާއްސަ ފެއާ އެކެވެ. 

މި ފެއާގައި ހަ އަކަފޫޓުގެ ރާއްޖޭގެ ސްޓޭންޑު ފަރުމާކޮށްފައި ވަނީ ހަނީމޫން މަންޒިލްތައް ފެންނަ ގޮތަށެވެ. ސްޓޭންޑުގެ ހުރެ ފޮޓޯ ނެގުމުގެ ފުރުސަތު އޮތް އިރު، "ރޮމޭންޓިކް ސައިޑް އޮފް ލައިފް" ބްރޯޝާއެއް ވެސް ތައްޔާރުކޮށްފައި ވެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް