ads
ރޮނާލްޑޯ
ޓީމު ފަނިކޮށްލާފަ ރޮނާލްޑޯ ދަނީތަ؟
ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާތީ، މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުލަބުގައި އެދުމާއި އެކު އެކަމާ ގުޅޭ ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

އުމުރުން ތިރީސް ހަތް އަހަރުގެ ރޮނާލްޑޯ އަލުން އެނބުރި މެންޗެސްޓަރ ޔުނައިޓެޑާ މިދިޔަ އަހަރު ގުޅުނު ހިސާބުން ކްލަބުގައި އެކި ގޮތްގޮތުން އެކަމާ ގުޅޭ ބަހުސްތައް ދިޔައީ ކުރެވެމުންނެވެ. ރޮނާލްޑޯ ހިމަނައިގެން ޔުނައިޓެޑަށް މިހާރު ކާމިޔާބު ނުލިބޭނެ ކަމަށް އެއްބަޔަކު ބުނަމުން ދިޔައިރު، ރޮނާލްޑޯގެ އިންޖިވިޖުއަލް ނަތީޖާތަކުން އެކަމަށް އޭނާ ޖަވާބު ދީ އޭނާއަކީ ކްލަބުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަން އޭނާ ސާބިތު ކޮށްދިނެވެ. އެހެންނަމަވެސް ކުރިން ސީޒަންގައި ދެވަނައިގަ ނިންމާލި ޔުނައިޓެޑު، ރޮނާލްޑޯއާއެކު ނިންމާލަން ޖެހުނީ ހަވަނައިގައި، ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބިއެވެ.

ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބި ޔުނައިޓެޑަށް ސީޒަން ނިންމާލަން ޖެހި، އާ ސީޒަނައް ތައްޔާރުވަމުން އަންނައިރު، ކެރިއަރުގެ ފަހު ބައިގައި ކޮންމެހެންވެސް ޗެމްޕިއަންސް ލީގު ކުޅެން ބޭނުން ކަމަށް ރޮނާލްޑޯވަނީ ކްލަބަށް އަންގާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑޯ ކްލަބު ދޫކޮށްލަން ބޭނުން ކަމަށް ބުނިނަމަވެސް ޔުނައިޓެޑުން ތިބީ އަދި އެހާ ފަސޭހައިން ހަތިޔާރު ބަހައްޓައި އޭނާ ދޫކޮށްލާ ގޮތަށް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް