ads
ކްރިމިނަލް ކޯޓު
ފުލުހުން މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާކު ހައްޔަރު ކޮށްފި
ފުލުހުން މަރާލާނެ ކަމަށްބުނެ ފުލުހުންނަށް އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މަރާލާނެ ކަމަށްބުނެ އިންޒާރު ދިން މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ، އއ. ތޮއްޑޫއަށް އުފަން އުމުރުން 21 އަހަރުގެ ޒުވާނެކެވެ. 

ބިރުދެއްކުމާއި އިންޒާރުދިން މައްސަލަ އާއި ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށް، ބަންދާއި މެދު ގޮތެއް ނިންމުމަށް، އިއް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ. 

ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ފުލުހުން ވަނީ، އޭނާ އާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުން އޭނާ ވަނީ ދެ ފުލުހުންގެ ހާޒިރުގައި އޮންޑިއުޓީ ފުލުހުންނަށް އިންޒާރުދީ މަރައިލާނެކަމަށް ބުނެފަ އެވެ. 

ކްރިމިނަލް ކޯޓުން އޭނާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން އެކަށީގެންވާ ހެއްކާއި ގަރީނާ ހުށަހަޅާފައި ވާކަމަށާއި، އޭނާގެ ސަބަބުން މުޖްތަމައުއަށް ނުރައްކާތެރިކަން ކުރިމަތިވެދާނެ ކަމަށެވެ. 

އެހެން ނަމަވެސް ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން އެ ޒުވާނާ ބުނީ، އޭނާގެ މައްޗަށް ފުލުހުން ކުރަނީ، ދޮގު ތުހުމަތު ތަކެއް ކަމަށާއި، އޭނާ ފުލުހުންނަށް އިންޒާރު ދީފައި ނުވާނެ ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ ސިއްހަތައް އަސަރު ކުރާނެ ކަމަށާއި، އޭނާ އަކީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް