ads
ރައީސްގެ ކާރުކޮޅަށް ފެންޖެހި މައްސަލައެއް ތަހުގީގުކުރަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅުގެ މައްޗަށް ފެން އެއްޗެއް ބަންޑުން ކޮށްލި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ރައީސްގެ ކާރުކޮޅަށް ފެން އެއްޗެއް ބަންޑުން ކޮށްލީ ހީނާމާގެ ކައިރީގައި ކާރުކޮޅު ބާއްވާފައި އޮއްވާ ކަމަށް އެނގިފައިވެ އެވެ. 

ފުލުހުން ބުނީ ރައީސްގެ ކާރުކޮޅަށް ފެން އެއްޗެއް ބަންޑުން ކޮށްލީ ހެންވޭރުގައި ހުރި އިމާރާތެއްގެ މަތިން ކަމަށެވެ. 

މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެ އެވެ. 

މިހާދިސާ ހިނގި ވަގުތު ކާރުކޮޅުގައި ރައީސް ނެތް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ.

27%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް