ads
ރޮނާލްޑޯ
ބޮޑާހާކާފަ ޕްރެކްޓިހަށްދާން ރޮނާލްޑޯ ދެކޮޅު ހަދައިފި
ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާތީ، މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންކަމަށް ބުނެ ބޮޑާހާކާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑުގެ ޕްރެކްޓިހުގައި ބައިވެރިވާން ދެކޮޅު ހަދައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗުއްޓީއަށް ފަހު މިއަދު އޮންނަ ޕްރެކްޓިހުގައި ރޮނާލްޑޯ ކުރިން އޮތީ ބައިވެރިވާ ގޮތަށެވެ. އެހެންނަމަވެސް ޗުއްޓީ ނިންމި ގޮތަށް، ކްލަބު ދޫކޮށް ދާން ބޭނުންކަމަށް ބުނެ މިއަދުގެ ޕްރެކްޓިހުގައި ރޮނާލްޑޯ ބައިވެރިނުވެއެވެ. ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނިއޯ ބުނި ގޮތުގައި މިއަދު ޕްރެކްޓިހުގައި ރޮނާލްޑޯ ބައިވެރިނުވާން ދެއްކި އުޒުރަކީ އާއިލީ ސަބަބަކާ ހުރެ ބައިވެރި ނުވެވުމެވެ.

ރޮނާލްޑޯ ކްލަބު ދޫކޮށްލަން ބޭނުން ކަމަށް ބުނިނަމަވެސް ޔުނައިޓެޑުން ތިބީ އަދި އެހާ ފަސޭހައިން ހަތިޔާރު ބަހައްޓައި އޭނާ ދޫކޮށްލާ ގޮތަށް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން ތިރީސް ހަތް އަހަރުގެ ރޮނާލްޑޯ އަލުން އެނބުރި މެންޗެސްޓަރ ޔުނައިޓެޑާ މިދިޔަ އަހަރު ގުޅުނު ހިސާބުން ކްލަބުގައި އެކި ގޮތްގޮތުން އެކަމާ ގުޅޭ ބަހުސްތައް ދިޔައީ ކުރެވެމުންނެވެ. ރޮނާލްޑޯ ހިމަނައިގެން ޔުނައިޓެޑަށް މިހާރު ކާމިޔާބު ނުލިބޭނެ ކަމަށް އެއްބަޔަކު ބުނަމުން ދިޔައިރު، ރޮނާލްޑޯގެ އިންޖިވިޖުއަލް ނަތީޖާތަކުން އެކަމަށް އޭނާ ޖަވާބު ދީ އޭނާއަކީ ކްލަބުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަން އޭނާ ސާބިތު ކޮށްދިނެވެ. އެހެންނަމަވެސް ކުރިން ސީޒަންގައި ދެވަނައިގަ ނިންމާލި ޔުނައިޓެޑު، ރޮނާލްޑޯއާއެކު ނިންމާލަން ޖެހުނީ ހަވަނައިގައި، ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބިއެވެ.

ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބި ޔުނައިޓެޑަށް ސީޒަން ނިންމާލަން ޖެހި، އާ ސީޒަނައް ތައްޔާރުވަމުން އަންނައިރު، ކެރިއަރުގެ ފަހު ބައިގައި ކޮންމެހެންވެސް ޗެމްޕިއަންސް ލީގު ކުޅެން ބޭނުން ކަމަށް ރޮނާލްޑޯވަނީ ކްލަބަށް އަންގާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

44%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް