ads
ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު
ރޭ ހިނގި އެކްސިޑެންޓުގަި ނިޔާވި ޒުވާނާގެ ކަށުނަމާދު 10:00 ގައި
ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި، ޒުވާން އަންހެން ކުއްޖާގެ ކަށުނަމާދު މިއަދު ހެނދުނު 10:00 ގައި މަސްޖިދުލް ތައާވުން (އާސަހަރާ) މިސްކިތުގައި ކުރުމަށް ނިންމައިފި އެވެ.

އެކުވެނި ޓްރެކާ ދިމާ ބޭރުމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އެ މަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި، އެމަގުން އައި ބަހެއްގައި ޖެހި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ، އުމުރުން 23 އަހަރުގެ ގއ. މާމެންދޫ މަރިޔަމް އަމާނީ ރަޝީދް އެވެ. 

އަމާނީ، ނިޔާވެފައިވަނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. މި އެކްސިޑެންޓުގައި ޖުމްލަ ހަ މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައްވަފަ އެވެ. އޭގެ ތެރެއިން ތިން މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ރޭ ވަނީ ބުނެފަ އެވެ. 

މި އެކްސިޑެންޓުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، ވީޑިއޯ އިން ފެންނަ ގޮތުން ރަތް ކުލައިގެ ކާރު ބާރު ސްޕީޑްގައި ދުއްވާފައި ދިޔައީ، ހުޅަނގުން އިރަށެވެ. އެ ކާރު ފުރަތަމަ އެމަގުން އައި ހުދު ކާރެއްގައި ޖެހި ކޮންޓްރޯލް ނެއްޓިގެން ގޮސް ޖެހުނީ، އިރުން ހުޅަނގަށް އައި އެމްޓީސީސީގެ ބަހުގަ އެވެ. ބަހުގައި ކާރު ޖެހުމާއި އެކު ކާރު ފުނޑުފުނޑު ވާތަން ވީޑިއޯއިން ފެނެ އެވެ. 

އެ ކާރު ބަހުގައި ޖެހުމާއި އެކު ކާރުގެ ދޮރުތައް ތާށިވެފައި ވާތަން ވީޑިއޯތަކުންނާއި ފޮޓޯ ތަކުން ފެނެ އެވެ. އެ ކާރުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މަގުމަތިން އެވަގުތު ދިޔަ މީހުން ކުރިނަމަވެސް، ފަހުން އެ ކާރުގައި ތަށިވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފް އިންނެވެ. 

މި އެކްސިޑެންޓުގައި އެމްޓީސީސީގެ ބަހަށްވެސް ވަނީ ވަރަށްބޮޑަށް ގެއްލުން ވެފަ އެވެ. އެގޮތުން ބަހުގެ ކުރީކޮޅު ވަނީ ބަނޑިވެ ކުރިމަތީ ބިއްލޫރިގަނޑު އެއްކޮށް ވަނީ ތަޅައިގެން ގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް