ads
އަތުލައިގަތް މަސްތުވާތަކެތި--
ރާއްޖެ އައި މީހެއްގެ އަތުން ދެ ލައްކައެއްހާ ރުފިޔާގެ މަސްތުވާތަކެތި ފެނިއްޖެ
ވައި މަގުން ރާއްޖެއަށް އައި ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން ދެ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސުން ބުނީ މަސްތުވާތަކެތި ފެނިފައި ވަނީ ރާއްޖެއަށް އައި އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއްގެ ލަގެޖް ބަލައި ފާސްކުރިއިރު ކަމަށެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ އެމީހާގެ ލަގެޖް ބެލުމުގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ 1932 ގުޅަ ފެނުން ކަމަށެވެ. އެގޮތުން އެތަކެތި ޓެސްޓްކުރިއިރު، މަސްތުވާތަކެތި ބާވަތެއް ކަމަށްވާ އެމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތީގެ މަގުމަތީ އަގު އުޅެނީ 193,200 ރުފިޔާގައި ކަމަށެވެ. 

އެގޮތުން އެތަކެތި އެތެރެކުރި ބަންގުލަދޭޝް މީހާ އާއި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓްމަސް އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް