ads
ހިޔާ ފްލެޓް
ފުލެޓް އަތުލި ފަރާތްތަކުގެ ދަފްތަރު ހުޅުވިތާ 12 ގަޑީރު: 1000 މީހުން ނޯޓުކޮށްފި
ކުރީގެ ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތައް ހޯދުމަށް އެކުލަވާލި ދަފްތަރު ފެށިތާ 12 ވަރަކަށް ގަޑީރުގެ ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން ނޯޓު ކޮށްފައިވާ ކަމަށް ދަފްތަރު އެކުލަވާލި ޖަމިއްޔާ އިން ބުނެފި އެވެ.

"ކޮތަރު ކޮށި" ގެ ނަމުގައި އަމިއްލަ ބަޔަކު ހަދާފައިވާ މި ޖަމިއްޔާ އަށް ކިޔަނީ އާންމުންގެ ޖަމިއްޔާ އެވެ. 

މި ޖަމިއްޔާ އެކުލަވާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފްލެޓް ލިބުނު ނަމަވެސް ސަރުކާރު ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފްލެޓް އަތުލި މީހުންގެ ދަފްތަރެއް ހެދުމުގެ މަސައްކަތް ކުރުމަށެވެ. 

އެ ޖަމިއްޔާ އިން ބުނީ ދަފްތަރު އެކުލަވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ބަޔަކު މެސެޖުކުރަމުން އަންނަ ކަމަށެވެ. 

ކުރިން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން އަލުން ފުލެޓު އަތުލާފައިވާ ފަރާތްތަކަށް ލިބިފައިވާ ގެއްލުމާއި، މި ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އާންމުންގެ ޖަމިއްޔާއިން ވަނީ ގޫގަލް ފޯމެއްވެސް ތައާރަފް ކޮށްފަ އެވެ.

ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.

ކުރިން ފްލެޓު ލިބި ފަހުން ގެއްލުން ހުރިހާ ފަރާތްތަކުން ވެސް ދަފްތަރު އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ޖަމިއްޔާ އިން ވަނީ އެދިފައެވެ. މައުލޫމާތު ފޯރުކޮށްދިނުމަށް ޖަމިއްޔާ އިން ވަނީ ގޫގްލް ފޯމެއް ތައްޔާރުކޮށްފައެވެ.

ދަފްތަރު ހެދުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ ލިންކް

އަދި އިތުރު މައުލޫމާތު ކޮތަރު ކޮށީގެ ވައިބާ ގްރޫޕުން ވެސް ލިބޭނެ ކަމަށް ޖަމިއްޔާ އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް