އަންނަ ހަފްތާގައި ފަށާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވިކްޓްރީއާ ނިއުރޭޑިއަންޓް ހިމެނިފައިވަނީ ގްރޫޕް ދޭއްގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ، ބީޖީ، އޯވަންއޯ، އެލްޓީ، ޓީނޭޖް، ލޮރެންޒޯ އަދި މަހިބަދޫއެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ޓެންޓް، ޕީކޭ، ސިފައިންގެ ކްލަބު، ކުޑަ ހެންވޭރު، ބިސްބުރު، ޖޭޖޭ، ބުރު އަދި ކެޕިޓަލް ސިޓީއެވެ.
ދެވަނަ ޑިވިޝަންގައި ސޯޅަ ޓީމު ވާދަކުރާއިރު، ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލަށް ގޮސް، ކްރޮސް ސެމީއެއް ކުޅެ ފައިނަލަށްދާ ދެ ޓީމު ކުޅޭނީ ދިވެހި ޕްރިމިއަރ ލީގުގެ ފުލަށްދާ ދެ ޓީމާއެކު ލީގު ބުރެކެވެ. އެ ބުރުން އެންމެ މޮޅުވާ ދެ ޓީމު އަންނަ ސީޒަންގައި އެއްވަނަ ޑިވިޝަނަށް އަރާނެއެވެ.