ads
ބެންގަލޫރު އެފްސީއާ މާޒިޔާ ކުރިން ބައްދަލުކުރި މެޗެއްގެ ތެރެއިން
އޭއެފްސީކަޕް: މާޒިޔާއާ ދެކޮޅަށް ކުޅެން ހޯމަ ދުވަހު ބެންގަލޫރު މާލެ އަންނަނީ
އޭއެފްސީ ކަޕް ކޮލިފައިންގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ކުޅެން، ސަރަހައްދީ ވަރުގަދަ ބާރު، އިންޑިޔާގެ ބެންގަލޫރު އެފްސީ ހޯމަ ދުވަހު މާލެ އަންނާނެއެވެ. ބެންގަލޫރު އެފްސީއާ މާޒިޔާއާ ވާދަކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު ރަސްމީ ބޯޅަ ދަނޑުގައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް މާޒިޔާއާ ބެންގަލޫރު ކުރިމަތިލާއިރު، މާޒިޔާއިންވަނީ ބަންގާޅުގައި އަދި މާލޭގައި ބަންގްލަދޭޝްގެ އަބަހާނީއާ އެއްވަރުކޮށް އެގްރިގޭޓުން ކުރި ހޯދާފައެވެ. އަނެއްކޮޅުން، ބެންގަލޫރުންވަނީ ބޫޓާނުގައި އަދި އިންޑިޔާގައި ޕާރޯ އެފްސީ ދިހަ ލަނޑު އެއް ލަނޑުން ބަލިކޮށް، އިތުބާރު ބޮޑުކޮށްފައެވެ.

ބުދަ ދުވަހު މާލޭގައި ކުޅޭ ބެންގަލޫރު އެފްސީއަކީ، ރަސްމީ ބޯޅަ ދަނޑަށް އައު ޓީމެއް ނޫނެވެ. މީގެ ކުރިން ހަތަރު ފަހަރު ބެންގަލޫރުންވަނީ އޭއެފްސީ ކަޕުގައި މާލޭގައި ކުޅެފައެވެ. އޭނގެ ތެރެއިން މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ މެޗާ ޓީސީއާ ދެކޮޅަށް ކުޅުނު މެޗު ބެންގަލޫރުން ކާމިޔާބުކުރި ނަމަވެސް ނިއުރޭޑިއަންޓުގެ އަތް ދަށުން ބެންގަލޫރަކަށް ސަލާމަތެއް ނުވެވުނެވެ. ނިއުއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުން ބެންގަލޫރުވަނީ ބަލިވެފައެވެ. މިއާއި އެކު ނިއުރޭޑިއަންޓްވަނީ ބެންގަލޫރު ބަލުކުރި ހަމަ އެކަނި ދިވެހި ޓީމަށް ވެފައެވެ.

މާލޭގައި ބެންގަލޫރާ މާޒިޔާ ކުޅުމަށް ފަހު، ހަފުތާއެއް ފަހުން ބެންގަލޫރުގައި މި ދެޓީމުގެ ދެވަނަ ލެގު މެޗު އޮންނާނެއެވެ. ދެ މެޗަށް ފަހު އެގްރިގޭޓުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ރާއްޖޭގެ ޓީސީއާ، އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސްއާ އެއް ގްރޫޕެއްގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު ފެށޭނެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް