ads
ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު)
ބަރަހަނާ ވީޑިއޯ ތަކާއި ގުޅިގެން ކާނަލް ނަޝީދު އާއި އަލަމްގިރިގެ ޕާސްޕޯޓް ހިފަހައްޓައިފި
ދައުރުވަމުންދާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކުގެ މައްސަލައާއި ގުޅިގެން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އާއި އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގިރިގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކުގެ މައްސަލަ އާއި ގުޅިގެން މީގެ ކުރިން ބަންގްލަދޭޝްގެ އަލަމްގިރި ނަމަކަށް ކިޔާ ފިރިހެން މީހާ ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކާނަލް ނަޝީދު އާއި އަލަމްގިރިގެ ޕާސްޕޯޓް ހިފެހެއްޓީ އެ ދެ މީހުންގެ މައްސަލަ ފުލުހުން ބަލަން ފެށުމުންނެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ރަސްމީ ބަހެއް ލިބިފައިނުވެ އެވެ. 

ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބަޔަކާއި އެކު އަލަމްގިރި އެއްޖިންސުން ގުޅުން ހިންގި ވީޑިއޯ ތަކެއް ބޭނުން ކޮށްގެން އެ ފަރާތްތަކަށް ބިރުދައްކާ ފައިސާ ހޯދާ މައްސަލަ ފުލުހުން މިދިއަ މާޗް މަހުން ފެށިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. 

ދައުރުވަމުންދާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ތަކުގެ ތެރޭގައި، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ބިދޭސީއަކާ އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއެއް ވަނީ ލީކުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް