ads
ކުއްތާ ބޭނުންކޮށްގެން ކުރިން ހިންގަ އޮޕަރޭޝަނެއްގެ ތެރެއިން-- ފޮޓޯ: ފުލުހުން
މާލޭގެ މަގުތަކަށް ކުއްތާތައް ނެރެގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ
މާލޭގެ މަގުތަކަށް ފުލުހުން މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ކުއްތާތައް ނެރެގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިއަދު ފުލުހުން މާލޭގައި ކުރިއަށް ގެންދާ ހާއްސަ ތަމްރީން ތަކާއި ބެހޭ ގޮތުން ފުލުހުން ބުނީ، ފުލުހުންގެ ކޭ9 ޑިޕާޓްމަންޓުގެ ހާއްސަ ތަމްރީންއެއް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށެވެ. 

ކޭ9 ޑިޕާޓްމަންޓުގެ ތަމްރީންތަކެއް މިއަދު މާލޭގައި ހިންގުމަށް ހަމަޖެހިފައި ވާއިރު، މި ތަމްރީން ތަކާއި ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އާއްމުކޮށްފައިނުވެ އެވެ. 

މާލޭގެ މަގުތަކުގައި ކުއްތާތައް ބޭނުންކޮށްގެން ހާއްސަ ތަމްރީން ތަކެއް ކުރިއަށް ގެންދަން ފުލުހުން ނިންމާފައި ވާއިރު، އިއްޔެ މާލޭގެ ދެ ސަރަހައްދެއްގައި ގޮތް ނޭނގޭ އެއްޗެއް އޮތް ކަމަށް މީހަކު ދިން އިންޒާރަކާއި ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ. 

ސަލާމަތީ ބާރުތަކުން އިއްޔެ ވަނީ، މާލޭގައި ހުންނަ ރަޝީޔާގެ ކޮންސިއުލޭޓާއި ޗައިނާ އެމްބަސީ ސަރަހައްދުގައި ހަތިޔާރާއި އެކު ހަރަކާތްތެރިވެފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިންޒާރު ދިނީ މާލޭ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށެވެ. އެކަން ސަލަމާތީ ބާރުތަކުގެ ސަމާލުކަމަށް ގެނައީ މާލެ ސިޓީ ކައުންސިލުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް