ads
ޝެފް މަހާ އަށް މާސްޓާ ޝެފްގެ ލަގަބު ލިބިއްޖެ
މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެއްސަކަށް މަހާ
މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑްގެ ފަރާތުން މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފަކަށް އޮގާ ރިސޯޓުގެ ކްރިއޭޓިވް ކަލިނަރީ ޑިރެކްޓާ ޝެފް މަހާ ނަސީރު ވެއްޖެ އެވެ.

މަހާ އަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރޭ އިން ކަލިނަރީ އާޓްސް އެންޑް ކުއިޒިން އިން ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތެކެވެ. 

މަހާ އަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވުމުގެ އިތުރުން ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ. މަހާ ވަނީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގްވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައި އެވެ.

50 އަހަރަށްވުރެ ވުރެ ގިނަ ދުވަސް ވެފައިވާ ވޯލްޑް މާސްޓާ ޝެފްސް ސޮސައިޓީއަކީ ވޯލްޑް މާސްޓާ ޝެފްގެ ލަގަބު ދިނުމަށް ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ސޮސައިޓީ އެވެ. 

މަހާއަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ. 

ވޯލްޑް މާސްޓާ ޝެފްސް ސޮސައިޓީ އަކީ 50 ގައުމެއްގައި 200 އަށް ވުރެ ގިނަ މެމްބަރުން ތިބި ހާއްސަ ހުނަރުވެރި ޕްރޮފެޝަނަލް ޝެފްންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ދުނިޔޭގެ މަޝްހޫރު ޝެފް ސޮސައިޓީއެކެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް