ads
އަލީ ވަހީދުގެ ބޭއަދަބީ ބަސްތަކެއް މިނިސްޓަރު އަމީން އާއި އައިޝަތު އަލީއަށް!
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއަށް ނިސްބަތްކޮށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އޯޑިއާގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައްސަދު އަލީއާ އެވެ. އެގޮތުން ހެލްތު މިނިސްޓަރު އަމީންއާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި ކެމެރާ އަދި ކަރަންޓީން ފެސިލިޓީ ގާއިމުކުރީ އޭނާ ކަމަށެވެ. 

މިނިސްޓަރު އަމީންއަށް ނިސްބަތް ކުރައްވާ އެގޮތަށް ދެއްކެވި ވާހަކައިގައި އަލީ ވަހީދު ވަނީ ވަރަށް ހުތުރު ބަސްތައް ބޭނުން ކުރައްވާފަ އެވެ. އެއް މިނެޓް 27 ސިކުންތުގެ މި އޯޑިއޯގައި އަލީ ވަހީދު އިތުރަށް ވިދާޅުވީ، އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށާއި އަދި އޭނާ ތަނަކަށް ވަޑައިގަންނަވާނަމަ ފޮޓޯ ނަގަން ދެ ކެމެރާމަނުން ގެންދަވާ ކަމަށެވެ.

އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރަށް ނިސްބަތް ކުރައްވާ ވެސް އަލީ ވަހީދު ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާ، އޯޑިއޯއެއް ވެސް އާންމުވި އެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓަރަށް ހަޑިހުތުރު ބަހުން ނިސްބަތް ކުރެއްވީ ސްކޫލުތަކުގެ ކުޅިވަރާ ގުޅޭ ބައެއް ކަންކަމުގަ އެވެ. 

އަމީން އާއި އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރު ކަމަށް ވަޑައިގަތް ދެ ބޭފުޅުންނެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ސްލޮޓެއްގަ އެވެ. 

އާންމުވެފައި މިވާ އޯޑިއޯއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ވެސް މި ސުވާލުކޮށްފައި ވީނަމަވެސް އެކަމަށް މިނިސްޓްރީން ޖަވާބެއް ނުދެ އެވެ.

47%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
47%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް